ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންސްޕާގެ ސީއީއޯއަކަށް ޝިރުނާ އަައްޔަނުކޮށްފި

އެންސްޕާގެ ސީއީއޯގެ މަގާމަށް އައްޔަނު ކުރި ޝިރުނާ/ ފޮޓޯ: ހެލްތް މިނިސްްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގެވުމުގެ އެންމެ އިސް ޒިންމާ، ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އާމިނަތު ޝިރުނާއާ ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވާލުކުރައްވައިފިއެވެ.

އެންސްޕާއަކީ ދިވެހިރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހިންގުމުގެ މައިގަނޑު އިދާރާއެވެ. އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އެކަނިވެރި މައިންނަށް ދެވޭ މާލީ އިނާޔަތްތައް ދޫކުރުމުގެ ކަންކަން ބަލަހައްޓަނީ އެންސްޕާއިންނެވެ. މީގެ އިތުރުން، ދަރިމައިވުމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އައިވީއެފް ފަރުވާ ދިނުމަށް ސަރުކާރުން ގާއިމުކޮށްފައިވާ ޚާއްސަ ފަންޑު މެނޭޖުކުރުމަކީވެސް އެ އެޖެންސީގެ މުހިންމު ޒިންމާއެކެވެ.

އެންސްޕާގެ އައު ސީއީއޯ އާމިނަތު ޝިރުނާއަކީ ޞިއްޙީ ދާއިރާގައި 23 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. މިހާތަނަށް އޭނާ ގެންދެވީ ޞިއްޙީ ވުޒާރާގެ ދަށުން ހިންގާ އެޗްޕީއޭ، ދަމަނަވެށި އަދި ބްލަޑް ސަރވިސްގެ މަސައްކަތްތައް ސީދާ ގޮތެއްގައި ބަލަހައްޓަވަމުންނެވެ.

ޝިރުނާ މި މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން ޞިއްޙީ ވުޒާރާގެ ފަރާތުން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. އެންސްޕާގެ ސީއީއޯގެ މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި ހީނާ ވަލީދު، ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: