ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ފާމަސީތަކުގެ ސްޓޮކް އާސަންދަ ސިސްޓަމާ ލައިވްކޮށް ގުޅާލަންޖެހޭ: ޑރ. ޝާހު

ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބޭހުގެ ލިބުންތެރިކަން ކަށަވަރުކުރުމަށާއި، ބޭސް ހުރި މިންވަރު ދެނެގަތުމަށްޓަކައި އަމިއްލަ ފާމަސީތަކުގެ ސްޓޮކް އާސަންދަ ސިސްޓަމާ ”ލައިވް“ ކޮށް ފެންނާނެ ނިޒާމެއް ގާއިމުކުރަން ޖެހޭކަމަށް ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ޝާހު މިހެން ވިދާޅުވީ ރާއްޖެއަށް ބޭސް ގެނައުމާއި ބޭސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ، ސްޓޭޓް އެންޓަޕްރައިސިސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ޝާހު ވިދާޅުވި ގޮތުގައި، މިހާރު ބޭނުންކުރަމުންދާ ސިސްޓަމްގެ ތެރެއިން ރާއްޖޭގައި ބޭސް ހުރި މިންވަރުގެ އަސްލު މައުލޫމާތު އެނގެން ނެތުމަކީ ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، އަމިއްލަ ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް އާސަންދަ ސިސްޓަމާ ގުޅާލެވުމުން، ކޮންމެ ވަގުތަކުވެސް ބޭސް ހުރީ ކޮން ފާމަސީއެއްގައިކަން ވަރަށް ސާފުކޮށް ފެންނަން ހުންނާނެކަމަށް ޑރ. ޝާހު ފާހަގަކުރެއްވިއެވެ.

ބޭސް މިހާރު ހުރި މިންވަރެއް އަސްލުކޮށް ނޭނގޭ މިހާރުގެ އެގްޒިސްޓިން ސިސްޓަމަކުން. އެހެންވީމާ އެ ސިސްޓަމް ގާއިމު ކުރެވުނީމަ ނޫންތޯ ހުރި ބޭސް ހުރީ ކޮންތާކުކަން އެނގޭ ވަރަށް ވިޒިބަލް ވާނީ

އެސެންޝަލް ބޭސް ނުވަތަ އަސާސީ ބޭސްތައް ލިބުމުގައި ހުރި ދަތިތަކަށް މިހާރުވެސް ހައްލުތަކެއް ހޯދެމުންދާކަން ފާހަގަކުރައްވައި ޑރ. ޝާހު ވިދާޅުވީ، ބޭސް ގެނައުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި އަސާސީ ބޭހުގެ އިތުރުން އެހެނިހެން ބޭސްތައްވެސް ކުރިއަށް އޮތް ތަނުގައި ލިބެމުންދާނެ ކަމުގެ ޔަގީންކަން ޑރ. ޝާހު ދެއްވިއެވެ.

ބޭސް ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއްގެ ގޮތުން ކޯލް ސެންޓަރުގެ ހިދުމަތް މިހާރުވެސް ސްޓޭޓް ފާމާގެ ފަރާތުން ދެމުންދާކަން ޑރ. ޝާހު ފާހަގަކުރެއްވިއެވެ.

ކޯލް ސެންޓަރު ކަންތައް އަދި އިތުރަށް ރައްޔިތުންނަށް އެނގޭނެ ގޮތަކަށް ހަމަޖެހިގެންދާންޖެހޭނެ. އެހެންނަމަވެސް ހަމަ މިހާރުވެސް، ކުރިންވެސް ގުޅުއްވާ ފަރާތްތަކުން ގުޅުއްވީމަ އަޅުގަނޑުމެންނަށް އެ ބޭސް ސިޓީ އެބަ ލިބޭ. ލިބުމާއެކު އަޅުގަނޑުމެން މިހާރު މިގެންދަނީ ބޭސް ގެނެސްދެމުން

ވަކި ބްރޭންޑްތަކުގެ ބޭސް ހޯދުމުގައި ދިމާވާ މައްސަލަތަކަށް ވެސް މެމްބަރުން ވަނީ ސުވާލުކޮށްފަ އެވެ. އަދި ބޭސް ލިބުން ދަތިވެ، އެތައް ބަޔަކު ބޭހަށް ސަލާން ޖަހަމުންދާކަމަށް މެމްބަރުންގެ ސުވާލުގައި ވެއެވެ. ޖަވާބުގައި ޑރ. ޝާހު ވިދާޅުވީ، މާކެޓުގައި އަބަދުވެސް ޖެނެރިކް ފޯމްގައި ބޭސް ހުންނަ ކަމަށެވެ. ނަމަވެސް ބައެއް ބްރޭންޑެޑް ބޭސްތައް ހޯދަން މަޖުބޫރުވުމާއި، ބޭހުގެ ޑޯޒްގައި ހުންނަ ކުޑަކުޑަ ފަރަގަކުން ބައެއް ފަހަރު ބޭސް ނުދެވޭ މައްސަލަ ކުރިމަތިވާކަމަށް ވިދާޅުވިއެވެ.

މިކަމަށް އޮތް ހައްލަކީ ޑޮކްޓަރުން ބޭސް ލިޔާއިރު ވަކި ބްރޭންޑްތަކުގެ ބަދަލުގައި ”ޖެނެރިކް“ ނަމުގައި ބޭސް ލިޔުއްވުން ކަމަށް ޝާހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި އެވެއާނަސް ކްރިއޭޓް ކުރުމާ ޑޮކްޓަރުންނާ ވާހަކަދައްކައިގެން، އިތުރަށް އެ ބްރޭންޑްސްތައް ނުލިޔެ ޖެނެރިކް ވާޝަންގައި ދިއުމުގެ އިންތިޒާމް ކުރެވޭނެކަމަށެވެ.

ޑރ. ޝާހު އިތުރަށް ވިދާޅުވީ، މިވަގުތު ބޭސް ނުލިބިގެން އުޅޭ ފަރާތްތަކަށް ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށާއި، ބޭސް ގެނައުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ބޭސް ލިބޭނެ ނިޒާމެއް ހަރުދަނާކުރުންކަމަށް ޝާހު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: