ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަޢުދީގެ ޔުނިވަރސިޓީތަކުން ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައިފި

ފޮޓޯ : އައިޔޫއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަޢުދީ ޢަރައްބިއްޔާގެ އެކި ޔުނިވަރސިޓީތަކުން ތަފާތު ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުން ހިމެނޭހެން ބައިނަލްއަގުވާމީ ދަރިވަރުންނަށް ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ސަޢުދީގެ އެކި ޔުނިވަރސިޓީތަކުގައި ފުރަތަމަ ޑިގްރީ އަދި ޕޯސްޓްގްރެޖުއޭޓް (މާސްޓާސް އަދި ޕީއެޗްޑީ) ފެންވަރަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ދިވެހި ދަރިވަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ތައުލީމެއް ހާސިލުކުރުމަށް ހުޅުވާލެވުނު ވަރަށް ރަނގަޅު ފުރުސަތެކެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިމަތިލެވޭނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އިންޖިނިއަރިންގ، މެޑިސިން، އިންފޮމޭޝަން ޓެކްނޮލޮޖީ، އިސްލާމިކް ސްޓަޑީޒް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ސައިންސްގެ ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުންވެސް ތަފާތު ގިނަ އިލްމީ ދާއިރާތަކަކުން ކިޔެވުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ދަށުން ވަނީ ފަހިކޮށްދީފައެވެ.

ސަޢުދީ އެމްބަސީން އިތުރަށް ބުނީ، ކިޔެވުމުގެ ފުރުސަތުގެ އިތުރުން ”ސްޓަޑީ އިން ސައުދީ“ (Study in Saudi) ޕޯޓަލްގެ ދަށުން ހިންގާ ގިނަ ޕްރޮގްރާމްތަކުގައި ބައިނަލްއަގުވާމީ ދަރިވަރުންނަށް ގިނަ އިނާޔަތްތަކެއް ލިބިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ދިރިއުޅުމުގެ ޚަރަދާއި އެހެނިހެން އެހީތައް ހިމެނޭކަން ފާހަގަކުރެވެއެވެ.

މި ފުރުސަތުތަކަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ޝަރުތުތައް ބެއްލެވުމަށްފަހު، ސަޢުދީ ޢަރައްބިއްޔާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ސަޢުދީ ސަރުކާރުން ވަނީ ދައުވަތު އަރުވާފައެވެ.

ސަޢުދީ ޢަރައްބިއްޔާ އަކީ އަބަދުވެސް ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުން އަންނަ ގައުމެކެވެ. މި އާ ފުރުސަތުތަކުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: