ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނުއަސާސީއަށްވުރެ މަތީގައި އެއްވެސް މީހަކު ނުހުންނާނެ: ޙުސްނީ މުބާރަކް

ޙުސްނީ ޖަލްސާގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަކީ ދިވެހި ދައުލަތުގެ އެންމެ މަތީ ޤާނޫނު ކަމަށާއި، އެ ޤާނޫނަށްވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށް މަނަދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޙުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.

ސަރުކާރާއި ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ކުރަމުންދާ މުޒާހަރާތަކުގައި ގާނޫނާއި ހިލާފް ކަންތައްތަކެއް ހިންގަމުންދާ ކަމަށް ބުނެ ޕީއެންސީއަށް ނިސްބަތްވާ ހޮޅޮދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ހުށަހެޅި ގަރާރަށް ތާއިދު ކުރައްވައި ވާހަކަދައްކަވަމުން ޙުސްނީ ވިދާޅުވީ، ސިޔާސީ ފިކުރަކަށް ނުވަތަ މަޤާމަކަށް ބެލުމެއްނެތި، ޤާނޫނުއަސާސީގެ ކުރިމަތީގައި ކޮންމެ ރައްޔިތަކީވެސް ހަމަހަމަ މީހެއް ކަމަށެވެ.

ޙުސްނީ ވިދާޅުވީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކާއި މިނިވަންކަން ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކު، އެހެން މީހުންގެ ޙައްޤުތަކަށް އުނިކަން ނުލިބޭނެ ގޮތެއްގެ މަތިން ކަމަށެވެ. އަދި އެއްވެސް މީހަކަށް އެހެން މީހުންގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ނުވަތަ ޒިންމާދާރުކަމެއް ނެތި އަމަލުކުރުމުގެ މިނިވަންކަމެއް ޤާނޫނުއަސާސީން ދީފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއަށް އަލިއަޅުއްވާލައްވަމުން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަން ޙުސްނީ ފާހަގަކުރެއްވިއެވެ. ނަމަވެސް، މި މިނިވަންކަމުގެ ބޭނުން ހިފަންވާނީ އެހެން މީހުންގެ ޙައްޤުތަކާއި މިނިވަންކަމަށް ނޭދެވޭ އަސަރު ނުކުރާނެ ގޮތެއްގެ މަތިން ކަމަށް އޭނާ ވަކާލާތު ކުރެއްވިއެވެ. މީގެ އިތުރުން، ޤާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މީހެއްގެ ނަމާއި އަބުރާއި އިއްޒަތް ރައްކާތެރިކުރުމުގެ ޙައްޤަށް އިޙްތިރާމްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޙުސްނީ ވިދާޅުވީ، ”ވާހަކަދެއްކުމުގެ މިނިވަންކަމަކީ އެހެން މީހުންގެ އަބުރަށް އަރައިގަތުމަށް ދީފައިވާ ލައިސަންސެއް ނޫން“ ކަމަށެވެ. ޤާނޫނުއަސާސީން ލިބިދޭ މިނިވަންކަމުގެ ބޭނުން ނުބައި ގޮތުގައި ހިފާ ފަރާތްތަކާ މެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅެންޖެހޭނެ ކަމަށް އޭނާ ޤަބޫލުކުރައްވައެވެ. ހަމައެހެންމެ، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަކީ މުހިންމު ކަމެއް ނަމަވެސް، އެ މަސައްކަތް ކުރަންވާނީ ޒިންމާދާރުކަމާއެކުގައެވެ.

މި ބަހުސްގެ ތެރޭގައި ކުރީގެ ރައީސުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ގޮތާ ބެހޭގޮތުންވެސް ޙުސްނީ ވާހަކަދެއްކެވިއެވެ. ދައުލަތުން ސަލާމަތީ ޚިދުމަތާއި، އިނާޔަތްތަކާއި އެހެނިހެން އިމްތިޔާޒުތައް ދޭއިރު، ކުރީގެ ރައީސުން ހިންގަވާ ސިޔާސީ ހަރަކާތްތަކަކީވެސް އެހެން މީހުންގެ ޙައްޤުތަކަށް އިޙްތިރާމްކުރާ އަދި ޤާނޫނުއަސާސީގެ ބޯޑަރުތަކުގެ ތެރޭގައި ހިންގާ ހަރަކާތްތަކަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ޤާނޫނާ ޚިލާފު ކަންތައްތަކެއް ހިނގާނަމަ، އެކަންކަން ބަލައި ތަޙްޤީޤުކުރެވެން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޙުސްނީ މުބާރަކް ބާރުއެޅުއްވީ، އެ މީހަކީ ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހެއް ކަމުގައިވީނަމަވެސް ނުވަތަ ކިތަންމެ ނުފޫޒުގަދަ މަޤާމެއްގައި ހުރި މީހެއް ކަމުގައިވީނަމަވެސް، ޤާނޫނުއަސާސީ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ހިންގަންޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: