ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ގޭމާސް ގިލްޑުން ގޭމް ކުޅުންތެރިންނަށް ހާއްސަ ”ގޭމްއޮން“ އެޑްއޮންތަކެއް ތައާރަފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް ހާއްސަކޮށްގެން ”ގޭމްއޮން“ ނަމުގައި އާ ޑޭޓާ އެޑްއޮންތަކެއް މިއަދު ތައާރަފުކޮށްފިއެވެ.

ރާއްޖޭގެ ގޭމިންގ ދާއިރާ އިތުރު ހަރުފަތަކަށް ގެންގޮސް، ކުޅުންތެރިންނަށް ބޭނުންވާ ހަލުވި އަދި ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މި އެޑްއޮންތައް މިހާރު ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭނެއެވެ.

މި އާ ޕްލޭންތަކުގެ އަގުތައް 100 ރުފިޔާއިން ފެށޭއިރު، މީގެ ތެރޭގައި 100 ޖީބީ، 200 ޖީބީ އަދި ގޭމްއޮން ލިމިޓްލެސް އެޑްއޮންތައް ހިމެނެއެވެ. މި އެޑްއޮންތައް އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް 1 ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ވަނީ ތަރުތީބުކުރެވިފައެވެ. ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ބޭނުންކުރާ ފަރާތްތަކަށް ވެސް ޑީޖީޖީ ވެބްސައިޓް މެދުވެރިކޮށް މި ހިދުމަތްތައް ފަސޭހަކަމާއެކު އެކްޓިވޭޓް ކުރެވޭނެއެވެ.

އެޑްއޮން އެކްޓިވޭޓް ކުރުމަށްޓަކައި ޑީޖީޖީ ވެބްސައިޓުގެ ’ޕްރޮޑަކްޓްސް‘ ބައިން ބޭނުންވާ ޕެކޭޖެއް އިޚުތިޔާރުކުރުމަށްފަހު، ފޯނު ނަންބަރު ޖަހައިގެން ކުރިއަށް ދެވޭނެއެވެ. އަދި ފޯނަށް ލިބޭ ވަން-ޓައިމް ޕާސްވޯޑް (OTP) ވެރިފިކޭޝަން ފުރިހަމަކުރުމާއެކު އެޑްއޮން ވަގުތުން އެކްޓިވޭޓްވާނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމުގެ ގޮތުގައި، ޑީޖީޖީއިން ދަނީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއަރުވައި، ގޭމް ކުޅޭ ފަރާތްތައް ބާރުވެރިކުރުވައި، މި ދާއިރާގެ މުސްތަގުބަލު ބިނާކުރުމުގައި އިސްދައުރެއް އަދާކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: