ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާށިހުޅުދޫ އަތުލީ ގޯސްކޮށްކަމަށް ހައިކޯޓުން ކަނޑައަޅައިފި

ހައިކޯޓު ހިންގާ އިމާރާތް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަނޑުވެރިކަމާއި ކުކުޅު ގެންގުޅުމުގެ މަޝްރޫއަކަށް ކުއްޔަށް ދޫކޮށްފައި އޮތް ގދ. ކާށިހުޅުދޫ ސަރުކާރުން އަތުލާފައިވަނީ އެއްބަސްވުމާ ހިލާފަށްކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 2013 ވަނަ އަހަރު ސަނީ ފާމް ކިޔާ ކުންފުންޏަކަށް ކާށިހުޅުދޫ ކުއްޔަށް ދިނުމަށްފަހު، އެ ރަށުގައި މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ 2020 ވަނަ އަހަރު ސަރުކާރުން އެއްބަސްވުން ބާތިލްކޮށް ރަށް އަތުލި މައްސަލައެކެވެ.

މި މައްސަލަ ސަނީ ފާމްގެ ފަރާތުން ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. އެ ކޯޓުން ނިންމީ ސަރުކާރުން ރަށް އަތުލީ ރަނގަޅަށް ކަމަށެވެ.

ނަމަވެސް، ސިވިލް ކޯޓުގެ އެ ނިންމުން ސަނީ ފާމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފައެވެ. ހައިކޯޓުގެ ހުކުމުގައި ވަނީ ދައުލަތުން އެއްބަސްވުން ބާތިލްކޮށްފައި ވަނީ ގާނޫނީ ގޮތުންނާއި އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.

ސަނީ ފާމްގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެ ރަށުގައި މަސައްކަތް ކުރިއަށް ނުގެންދެވި ލަސްވީ، އެ ރަށުގައި ތިންވަނަ ފަރާތެއްގެ ބަޔަކު އުޅެމުންދާތީ، ރަށް އެއްކޮށް އެ ކުންފުންޏާ ހަވާލުކޮށްފައި ނުވާތީ ކަމަށެވެ.

މި މައްސަލާގައި ސަނީ ފާމުން 4.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 74 މިލިއަން ރުފިޔާ) ބަދަލުގެ ގޮތުގައި ހޯދުމަށް އެދުނު ނަމަވެސް، ހައިކޯޓުން ކުރި ހުކުމުގައި ސީދާ ފައިސާގެ ބަދަލެއް ނަގައިދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި ހައިކޯޓުން ކަނޑައެޅީ އެއްބަސްވުން ބާތިލްކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވަކިން ދައުވާ ކުރުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށެވެ.

އެހެންކަމުން ރަށް އަތުލުމުގެ ސަބަބުން ލިބުނު މާލީ ގެއްލުންތައް ހޯދުމަށް ދައުލަތާ ދެކޮޅަށް ދައުވާ ހުށަހެޅުމުގެ ފުރުސަތު ސަނީ ފާމަށް އޮންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: