ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުންގެ ޒިންމާއަކީ ކޮށްގެން ހުރި ހުވާގެ މަތީގައި ދެމިތިބުން: އުއްތަމަ ފަނޑިޔާރު

ފޮޓޯ: ރައީސް އޮފީަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުންގެ ޒިންމާއަކީ ﷲ ގަންދީ ކޮށްގެން ހުރި ހުވާގެ މަތީގައި ދެމިތިބުން ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

ޖުޑިޝަލް އަހަރު ފެށުމުގު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޮށްގެން ހުރި ހުވާގެ މަތީގައި ދެމިތިބުމަކީ ގާނޫނު އަސާސީއާއި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި ގާނޫނުތަކުން ކަށަވަރު ކޮށްދިފައިވާ ހައްގުތައް ހިމާޔަތް ކުރުން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމާޒަކީ ރައްޔިތުން އެދޭ ފަދަ ފަނޑިޔާރުގެއެއް ގާއިމު ކޮށްދިނުން ކަމަށާއި އަދި އެ ކޯޓަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދުން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ގެއްލިފައިވާ އިތުރުބާރު އަލުން ހޯދެން އޮތީ ނުފޫޒުގައި ނުޖެހި އަދުލު އިންސާފު ގާއިމު ކުރުމުންނެވެ.

“ގާނޫނު އަސާސީ އާއި ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ހިމާޔަތް ހިމާޔަތް ކުރާނަން، ގާނޫނީ ހުކޫމަތް ޝަރުއީ ދާއިރާއިން ހިމާޔަތް ކުރާނެ، ފަނޑިޔާރުގޭގެ ޒިންމާއަކީ ގާނޫނު އަސާސީން ކަނޑައަޅާފައިވާ އިމުގެ ތެރެއިން ގާނޫނު އަސާސީ ހިމާޔަތް ކުރުން، އެކަން ކުރާނަން،” އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނީ ހުކޫމަތް ހިމާޔަތް ކުރުމުގެ ޒިންމާއަކީ ހަމައެކަނި ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންގެ ޒިންމާއެއް ނޫން ކަމަށެވެ.

ދައުލަތުގެ ހުރިހާ ބާރުތަކުން ގާނޫނީ ހުކޫމަތް ކަށަވަރު ނުކުރެވޭނަމަ މުޖުތަމައު ބައިބައިވެގެން ދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެ ޒިންމާއަކީ ސަރުކާރާއި މިނިވަން މުއައްސަސާތަކާއި، ސަލާމަތީ ހިދުމަތްތަކާއި ކައުންސިލްތަކާއި ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މެންބަރުންނާއި، ރައްޔިތުންގެ ވެސް ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: