ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އެއްތަނެއްގައި ހުންނައިރު، ދިހަ މަސައްކަތް ބައްލަވާ، އުޅުއްވަނީ ދިހަ ފިޔަވަޅު ކުރީގައި: އިންތި

އިމްތިޔާޒް ފަހުމީ
އިމްތިޔާޒް ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އެއްތަނެއްގައި ހުންނަވާއިރު ވެސް ދިހަ ތަނެއްގެ މަސައްކަތް ބަލަހައްޓަވާ، އެހެން މީހުންނަށްވުރެ ދިހަ ފިޔަވަޅު ކުރީގައި ވިސްނުންފުޅު ގެންގުޅުއްވާ ބޭފުޅެއް މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ ޗެއާޕާސަން ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރޭ ބޭއްވި ރައީސް ނަޝީދުގެ ކެމްޕޭން ޖަލްސާގައި އިންތި ވިދާޅުވީ، ރައީސް ނަޝީދަކީ މުޅިން ތަފާތު ބުންވަރަކާއި ހިތްވަރެއް ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އެމްޑީޕީ އޭގެ އަސްލު ބުންވަރުގައި ދަމަހައްޓަން ޖެހޭއިރު، ވަރުބަލިކަމެއް ނެތި އެ މަސައްކަތް ކުރެވޭނީ ރައީސް ނަޝީދަށް އެކަނިކަމަށް އިންތި ވިދާޅުވި އެވެ.

މިހާރުގެ ސަރުކާރުން ކޮންމެ ދުވަހަކު ނިންމަމުންދާ ނިންމުންތަކަކީ ގައުމަށް ލިބޭ ގެއްލުމެއްގެ ގޮތުގައި ސިފަކުރައްވައި އިންތި ވިދާޅުވީ، މި ވެރިކަން ބަދަލުކުރަން ޖެހޭކަމަށާއި އެކަން ކުރުމުގެ ގާބިލުކަން އޮތީ އެމްޑީޕީގައި ކަމަށެވެ.

މި ސަރުކާރަކީ އެއްވެސް ވިސްނުމެއް ނުވަތަ ތަސައްވުރެއް އޮތް ސަރުކާރެއް ނޫންކަމަށް ވެސް އިންތި ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުން ސަރުކާރާއި މެދު ނުރުހުންވެ ތިއްބައވި، އެ ރައްޔިތުންގެ ގާތަށް ދާން ޖެހޭނީ ސާފު ވިސްނުމަކާއި ތަސައްވުރެއް އޮވެގެންކަމަށް އިންތި ވިދާޅުވިއެވެ. އަދި އެފަދަ ތަސައްވުރެއް އޮތް ބޭފުޅުންނަކީ ރައީސް ނަޝީދާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒްކަމަށް ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، ރައީސް ނަޝީދަކީ އެއްތަނެއްގައި ހުންނަވާއިރު ވެސް ދިހަ ތަނެއްގެ މަސައްކަތް ބަލަހައްޓަވާ، އެހެން މީހުންނަށްވުރެ ދިހަ ފިޔަވަޅު ކުރީގައި ވިސްނުންފުޅު ގެންގުޅުއްވާ ބޭފުޅެއް ކަމަށެވެ.

ކުރީގައި ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހިލޭ ފޮތް ފަންސޫރު ދޭނެކަމަށް ބުނުމުން، ބައެއް މީހުން އެކަމާ ސުވާލު އުފައްދައި އެއީ ނުވާނެ ކަމެއް ކަމަށް ބުނި ނަމަވެސް، ރައީސް ނަޝީދު އެކަން ކުރެއްވުމުން އެންމެން ވެސް އެކަން ބަލައިގަތްކަން އިންތި ފާހަގަކުރެއްވިއެވެ.

އެމްޑީޕީއާއި ރައީސް ނަޝީދު ވަކިނުކުރެވޭނެ ކަމަށާއި، އެމްޑީޕީ ރަމްޒުކޮށްދޭ ބަސްކޮށާރަކީ ވެސް އެމަނިކުފާނު ތައާރަފުކުރެއްވި ބަސްތަކެއް ކަމަށް އިންތި ވިދާޅުވިއެވެ. އެހެންކަމުން ޕާޓީގެ މެންބަރުން އަބަދުވެސް ހިތާއި ރޫހުން ބަލައިގަންނަނީ ރައީސް ނަޝީދު ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: