ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރުޓީއައި ގާނޫނު ގެނައި ވަރަށް މުހިންމު ބޭނުމެއްގައި، ފެންނަނީ ގާނޫނު ”އެބިއުސް“ ކުރާތަން: އުޝާމް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި) ބޭނުންކޮށްގެން، އޭގެ ނާޖާއިޒު ފައިދާ ނަގައި ގާނޫނު ބައެއް ފަރާތްތަކުން ”އެބިއުސް“ ކުރަމުންދާކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާ އާރުޓީއައިތަކަށް ގާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ޖަވާބު ނުދޭކަމަށް ނޫސްވެރިއަކު ކަންބޮޑުވުންފާޅުކޮށް ސުވާލު ކުރުމުންނެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ މައުލޫމާތު ހޯދުމުގެ ގާނޫނަކީ ވަރަށް މުހިންމު މަގުސަދެއްގައި ގެނައި ގާނޫނެއް ކަމަށެވެ. އެހެންކަމުން އެ ހައްގުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދޭން ޖެހޭކަމަށް އުޝާމް ވިދާޅުވި އެވެ. 

ފަހަކަށް އައިސް އާރުޓީއައި ގާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާ މިންވަރު އިތުރުވެފައިވާކަމަށް، އުޝާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައެއް ފަރާތްކަކުން ގާނޫނު ”އެބިއުސް“ ކުރާތަން ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށެވެ. މީގެ ސަބަބުން ސަރުކާރުގެ މުއައްސަސާތަކުން އެފަދަ ހުށަހެޅުންތަކަށް ޖަވާބުދާރީވުމަށް އާދަޔާ ހިލާފަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭކަމަށް އުޝާމް ވިދާޅުވި އެވެ.

ގިނަ ފަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އާރުޓީއައި ގާނޫނު ވަރަށް ބޮޑަށް އެބިއުސްކުރާތަން

އިދާރާތަކުން އާރުޓީއައިތަކަށް އެއްވެސް މިންވަރަކަށް ޖަވާބެއް ނުދޭތީ، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވެސް ކަންބޮޑުވުންފާޅު ކުރައްވާފައި ވެއެވެ. އާހިދު ވިދާޅުވީ ގާނޫން ލާޒިމް ކުރާ ގޮތުގެ މަތީން އިދާރާތަކުން ހޯދަން އެދޭ މައުލޫމާތުތަކުގެ ތަފްސީލު މުއްދަތުގެ ތެރޭގައި ފޯރުކޮށް ދޭނަމަ އައިކޮމްއަށް މައްސަލަތައް ނުލިބޭނެކަމަށެވެ. އާހިދު ވިދާޅުވީ މައުލޫމާތު ނުދެވޭ ސަބަބެއްކަމަށް އިދާރާތަކުން އާންމުކޮށް ދޭ ޖަވާބަކީ އެ މުއްދަތެއްގެ ތެރޭގައި އެ ތަފްސީލު ދެވޭނެހާ ވަސީލަތްތަކެއް ނެތުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: