ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަމުގެ 12 ގަވައިދެއް ނުނިމި ދެ އަހަރު، މިނިސްޓްރީން ބުނީ ބަޖެޓެއް ނެތްކަމަށް!

ފިހާރައަކަށް ވިއްކަން ލާފައި ހުރި ހެދިކާގެ ބާވަތްތައް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ މުހިންމު 12 ގަވައިދެއް، ގާނޫނަށް އަމަލުކުރަން ފެށިތާ ދެ އަހަރު ވީއިރުވެސް ނުނިމި ލަސްވީ ބަޖެޓުގެ ދަތިތައް ދިމާވެގެންކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު 2024، މޭއި 23 ގައި ތަސްދީގުކުރެއްވި މި ގާނޫނުގެ ދަށުން، ޖުމްލަ 14 ގަވައިދެއް ތިން މަސްދުވަހުގެ ތެރޭގައި ހަދައި ގެޒެޓްކުރަން ގާނޫނުން ލާޒިމުކުރެއެވެ. ނަމަވެސް މިހާތަނަށް ޝާއިއުކޮށްފައި ވަނީ އެންމެ ދެ ގަވައިދެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީއަށް ހެލްތު މިނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށްފައި ވަނީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލައިގައި ސުވާލު ކުރުމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ނައިބު އިސްމާއީލް ޒާހިރު ވިދާޅުވީ، ގަވައިދުތައް އެކުލަވައިލުމަކީ ފަންނީ ބޮޑު މަސައްކަތެއްކަމަށާއި، އެކަމަށް ބޭނުންވާ ބަޖެޓު ހަމަނުޖެހުމުގެ ސަބަބުން މަސައްކަތްތައް މަޑުޖެހުނީ ކަމަށެވެ.

ޒާހިރު ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް ފަންޑު ހޯދަން ކުރި މަސައްކަތް ވެސް ކާމިޔާބުވެފައި ނުވާކަމަށާއި، މިހާރު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ހުރިހާ ގަވައިދެއް އެކުލަވައިލުމުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ގާނޫނުގެ ދަށުން ނުހެދި ހުރި މުހިންމު ގަވައިދުތަކުގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ގަވައިދާއި، ކާބޯތަކެތި ލޭބަލްކުރުމާއި ބަންދުކުރުމުގެ ގަވައިދު އަދި ކެއިންބުއިމަށް ބޭނުންކުރާ ފެން ޓެސްޓުކުރުމުގެ ގަވައިދު ހިމެނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މިހާރު ތިން ގަވައިދެއް ރައީސް އޮފީހަށް ފޮނުވާފައިވާއިރު، އިތުރު ދެ ގަވައިދެއް އޮތީ ބަންޑާރަ ނައިބުގެ އޮފީހުގައެވެ. އަދި ހަ ގަވައިދެއްގެ ޑްރާފްޓިންގ މަސައްކަތް ކުރިއަށްދާކަމަށާއި، އަންނަ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ހުރިހާ ގަވައިދުތަކެއްގެ މަސައްކަތް ނިންމާލެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: