ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޗެއްގެ މައްސަލައެއް އެނގޭނީ ރޫޅާލުމުން، އެ ރާވަން ވެސް އެނގޭނީ އެބަޔަކަށް: ޝިއްޕެ

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ)/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލާކުވަމުންދާ އެއްޗެއްގައި ހުރި ބޮޑެތި ގޯސްތަކާއި، އޭގައި ހުރި މައްސަލަތައް ދެނެގަނެވޭނެ ހަމައެކަނި ގޮތަކީ ރޫޅައި ބެލުންކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި އެކު، ޕާޓީގެ އެތެރޭގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. އެގޮތުން މި މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާއިރު، 2023 ގެ ރިޔާސީ ޕްރައިމެރީއަށް ފަހު ޖެހުނު މައްސަލަތަކާއި ގުޅިގެން ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. އެމަނިކުފާނާއި އެކު ޝިއްޕެ ހިމެނޭހެން، އަރިސް ގިނަ މެމްބަރުން އެމްޑީޕީން ވަކިވިއިރު އޭގެ ތެރޭގައި މަޖިލިސް ބައެއް މެމްބަރުން ހިމެނެ އެވެ.

”ޑިމޮކްރެޓްސް“ ގެ ޖަލްސާއެއްގައި އެމްޑީޕީގެ ސަރުކާރަށް ފާޑުކިއުން އަމާޒުކޮށް އޭރު ރައީސް ނަޝީދު ވަނީ ޕާޓީ ”ރޫޅާލާނެ“ ކަމަށް ވިދާޅުވެފަ އެވެ. އެއަށް ފަހު މިދިޔަ އަހަރު އެމަނިކުފާނާއި އެކު އެނބުރި ހުރިހާ މެމްބަރުން ވެސް އެމްޑީޕީއަށް ސޮއި ކުރި އެވެ.

ރައީސް ނަޝީދު ޗެއާޕާސަންކަމަށް ވާދަކުރައްވާތީ، ބައެއް ފަރާތްތަކުން އަމާޒު ކުރާ ފާޑުކިއުމަކީ 2023 ގެއްލުނީ އެމަނިކުފާނުގެ ސަބަބުންކަމަށެވެ. އެ ވާހަކަތަކަށް ރައްދުދީ ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ޝިފާޒް ވިދާޅުވީ އެމްޑީޕީ އޭރު ރޫޅާލި ވާހަކަ ދައްކާއިރު، އެއްޗެއް ރޫޅާލަނީ އޭގައި ހުރި ގޯސްތަކެއްގެ ސަބަބުން ކަމަށެވެ. އަދި އެ ނޫން ގޮތަކަށް މައްސަލައެއް ދެނެނުގަނެވޭނެކަމަށް ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ގޮތުގައި މައްސަލަ ހައްލު ކުރެވޭނީ ވެސް، އެ ރޫޅާލި ބަޔަކަށް ކަމަށެވެ.

އެމްޑީޕީ އޭ ރޫޅާލި ވާހަކަ. މިހާރު އެއްޗެއް ރޫޅާލަނީ މަސްއަލައެއް އޮތީމަ. ރޫޅާލީމަ އެނގެނީ ހުރި މަސްއަލަ. ހައްލު ކުރަން. މި ވަރަށް ވަރަށް ވަރަށް ހަމަ ސިމްޕަލް ވާހަކައެއް މި ދަންނަވަނީ. މަސްއަލައެއް އެއްޗަކަށް ޖެހުނީމާ އެ މަސްއަލަ ދެނެގަނެވިގެން އެތި ހައްލު ކުރަނީ އެތި ރޫޅާލައިގެން. އެހެންނޫނީ އޭގަވެފަ ހުރި ކޮތެއް ނޭނގެ. ދެން އެ މަސްއަލަ ހައްލު ކުރެވޭނީ އެކަން ކުރި ބަޔަކަށް. މަސްއަލަ ހޯދައިގެން ހައްލު ކުރެވޭނީ.. ރޫޅާލީމަ މައްސަލަ ކޮބާކަން އެނގޭނީ، މިހާރު ހަމަ ރީތިކޮށް މި ޕާޓީއަށް ވީގޮތް އެ ބަޔަށް އެނގޭ. ހަމަ ރީތިކޮށް މެނިފެސްޓޯއެއް އެއް އެކުލަވާލާފަ އެ މެނިފެސްޓޯގެ މައްޗަށް ވެރިކަން ކުރާށޭ ބުނީމަ، އޭތި އެއްފަރާތް ކުރި ވެރިއެއްގެ ގޮތުގައި އަޅުގަނޑުމެން ދައްކަން މިޖެހެނީ.

މީގެއިތުރުން ޝިފާޒް ވިދާޅުވީ، ރޫޅާލުމާއި އެކު އަސްލު މައްސަލަ ސާފުވިކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ޕާޓީން ރައްޔިތުންގެ ހައްގުގައި ވަރަށް ތަފްސީލުކޮށް އެކުލަވާލި މެނިފެސްޓޯގެ މައްޗަށް ވެރިކަން ނުކޮށް އެ އެއްފަރާތްކޮށްލުމެވެ. 

ޝިފާޒް ވިދާޅުވީ ގޯހުން ހިނގި ކަންކަން ހައްލުކޮށް. ގައުމު ހަމަ މަގަށް އެޅުވުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާތީ ބައެއް މީހުންނަށް އެކަން ވަރަށް އުނދަގޫވެ އެވެ. އެފަދަ ފަރާތްތަކަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތް ”ހަޖަމު“ ނުކުރެވޭކަމަށް ސިފަ ކުރައްވައި ޝިފާޒް ވިދާޅުވީ، ބަޔަކު ދެކޮޅުވީ ނަމަވެސް ކަންކަން ހަމަ މަގަށް އެޅުވުމަށް ކުރާ މަސައްކަތް ރައީސް ނަޝީދު ހުއްޓާނުލާނެ ކަމަށެވެ.

ފާޑުކިއުންތަކާއި ގުޅޭގޮތުން ޝިފާޒް ވިދާޅުވީ ރައީސް ނަޝީދު ދުރުގައި ހުރެގެން ވެސް ލިބުނު ވަކި މޮޅެއް ވެސް ނެތްކަމަށެވެ. އެހެންކަމުން މިއީ އެމަނިކުފާނާއި ނުލައި، ނުވަތަ އެމަނިކުފާނަށް ނޫން އެހެން މީހަކަށް ނުވާނެކަމެއްކަން ސާފުވާކަމަށް ވިދާޅުވި އެވެ.

ދެން އެކަން ހަޖަމުނުވެގެން އެހެންގޮތަކަށް ވާހަކަ ދައްކަން ހެންބޭފުޅުން މި އުޅުއްވަނީ. ދެން ޖެހޭނެ އެ ޓްރެކްއަށް އަޅުވާކަށް ނޫންތޯ އަނެއްކާ. އެ ޓްރެކްއަށްއަށް އަޅުވަން، ދެން އަޅުވަން ނާޅުވާ ދުރުގަ ތިބެގެންވަނީ ކޮންކަމެއްތޯ. ދުރުގަ ތިބެގެން ވީ ކަމެއް ނެތް. ހަމަ ވާނެކަމެއްވެސް ނޫން..

ޝިފާޒް ވިދާޅުވީ ރައީސް ނަޝީދު ބޭނުން ވަނީ ރައްޔިތުންނަށް، އެ ރައްޔިތުން ބޭނުންވާ ވެރިކަމެއް ހޯދައިދޭން ކަމަށެވެ. އަދި އެ މަސައްކަތުގައި އެމަނިކުފާނު އަބަދުވެސް ދެމި ހުންނަވާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: