ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ ބިރުދައްކައިގެން ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބާއި ރެފަރެންޑަމްގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާއެކު، ސަރުކާރުގެ މަގުބޫލުކަން ކުޑަވުމުން ދައުލަތުގެ މުވައްސަސާތައް މެދުވެރިކޮށް އިދިކޮޅު ސިޔާސީ ހަރަކާތްތެރިންނަށާއި މީޑިއާތަކަށް ބިރުދެއްކުން ސަރުކާރުން އާންމުކޮށްފައިވާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިގޮތުން އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް މައިމޫން އަނެއްކާވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ނިންމާފައިވާ ނިންމުމަކީ މި ސިޔާސަތުގެ ބައެއް ކަމަށް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

އެމްޑީޕީން ފާހަގަކުރާ ގޮތުގައި، ސަރުކާރުން މުވައްސަސާތައް މެދުވެރިކޮށް މިފަދަ ފިޔަވަޅުތައް އަޅަން ފަށާފައިވަނީ ރައްޔިތުންގެ ތާއީދު ސަރުކާރަށް ގެއްލެމުންދާކަން އިންތިޚާބުތަކުގެ ނަތީޖާއިން ސާފުވުމާ ގުޅިގެންނެވެ.

މައިމޫން ފަދަ ހިތްވަރުގަދަ ސިޔާސީ ހަރަކާތްތެރިން ތަކުރާރުކޮށް ފުލުހަށް ހާޒިރުކުރުމުގެ ބޭނުމަކީ، އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތައް ހުއްޓުވައި، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ކަމަށް އެމްޑީޕީން ބުނެއެވެ.

ނަމަވެސް، އެމްޑީޕީން ބުނެފައިވަނީ އެއީ ބިރުދައްކައިގެން ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫން ކަމަށެވެ. އެ ޕާޓީގެ މެންބަރުންނާއި ހަރަކާތްތެރިންނަކީ ކިތަންމެ ބޮޑު ބިރުވެރިކަމެއް ކުރިމަތިވި ނަމަވެސް، ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތުގައި ފަސްޖެހޭނެ ބައެއް ނޫން ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ. ސަރުކާރުގެ މިފަދަ އަމަލުތަކުގެ ސަބަބުން ޕާޓީގެ އަޒުމް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށާއި، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކުރިއަށްދާނެ ކަމަށް އެމްޑީޕީން ވަނީ ޔަގީންކޮށްދީފައެވެ.

މީގެ އިތުރުން، މީޑިއާތަކަށް އަމާޒުކޮށް ސަރުކާރުން ހިންގާ ބިރުދެއްކުމުގެ އަމަލުތަކަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ސަރުކާރުގެ މުވައްސަސާތައް ސިޔާސީ ނުފޫޒުން އެއްކިބާވެ، ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ. ސިޔާސީ ހަރަކާތްތެރިންނަށް ކުރިމަތިކުރާ މިފަދަ ގޮންޖެހުންތަކަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: