ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނޑޫ ހުސްވާކަމަށް ބުނެ ފަތުރަނީ ދޮގެއް، ސްޓޮކްގައި އެއްވެސް މައްސަލައެއް ނެތް: އެސްޓީއޯ

އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހަނޑޫ ހުސްވަމުންދާތީ، އެސްޓީއޯއިން ހަނޑޫ ދޫކުރުން ލިމިޓްކޮށް ނުވަތަ ކޮންޓްރޯލްކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާ އާއި ބައެއް މީޑިއާތަކުގައި ފެތުރެމުންދާ ރިޕޯޓްތައް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދޮގުކޮށްފިއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން ހަނޑޫ ވިއްކުމުގައި އެއްވެސް ވަރެއްގެ ހިފެހެއްޓުމެއް ނެތްކަމަށާއި، މިހާރު ފެތުރެމުންދާ މައުލޫމާތަކީ ހަގީގަތާ ޚިލާފު، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ފަތުރާ އޮޅުވާލުންތަކެއް ކަމަށެވެ.

މި މައްސަލަ ފެންމަތިވީ، ބައެއް އޮންލައިން މީޑިއާތަކުން އެސްޓީއޯގެ ހަނޑޫ ސްޓޮކް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، އޭގެ ސަބަބުން މާލޭގެ ބައެއް ރީޓެއިލް ފިހާރަތަކަށް ހަނޑޫ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ރިޕޯޓްކުރުމާ ގުޅިގެންނެވެ. ނަމަވެސް އެސްޓީއޯއިން ވަނީ އެ ކުންފުނީގެ ގުދަންތަކުގައި އާންމުންގެ ބޭނުންތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށްވެސް ހަނޑޫ ސްޓޮކް އެބަހުރި ކަމަށާއި، އެއްވެސް މެދުކެނޑުމެއް ނެތި ހަނޑޫ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފައެވެ.

އެ ކުންފުނިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ހަނޑޫ ބަރުކޮށްގެން އައި އާ ޝިޕްމަންޓެއް މިހާރުވެސް މާލޭގެ ވިޔަފާރި ބަނދަރުގައި އެބައޮތެވެ.

މިހާރު ކުރިއަށްދަނީ އެ ތަކެތި ބަނދަރުން ބޭލުމަށްޓަކައި ކުރަންޖެހޭ ކަސްޓަމްސް ކްލިއަރެންސްގެ މަސައްކަތްތަކެވެ. މި މަސައްކަތް ނިމުމާއެކު، ހަނޑޫ ސްޓޮކް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެސްޓީއޯއިން ފާހަގަކުރި ގޮތުގައި، ރާއްޖެއަށް ބޭނުންވާ އަސާސީ ކާޑުގެ ބާވަތްތައް އެތެރެކުރުމަކީ އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ މަސައްކަތެވެ.

ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ނުވަތަ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި، ކާޑުގެ ބާވަތްތައް އެކަށީގެންވާ މިންވަރަށް ރާއްޖޭގައި ރައްކާކުރެވިފައި ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެސްޓީއޯއިން ވަނީ ދީފައެވެ. އަދި އަތޮޅުތެރޭގެ ރަށްރަށަށާއި މާލޭގެ ބާޒާރަށް ހަނޑޫ، ހަކުރު އަދި ފުށް ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއިން އިތުރަށް ބުނީ، މާކެޓަށް ބޭނުންވާ މިންވަރަށް ތަކެތި ސަޕްލައި ކުރުމުގައި އެ ކުންފުނިން އަބަދުވެސް ތައްޔާރަށް އޮތް ކަމަށާއި، ހަގީގަތެއް ނެތް ޚަބަރުތަކަށް ރައްޔިތުން ސަމާލުވުމަށެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: