ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮން ހާދިސާއަށް ފަސް އަހަރު: ހަށިގަނޑުގައި ހުރި ޒަޚަމްތައް ކުރީގެ ރައީސް ދައްކާލައިފި

ފޮޓޯ: ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ހަށިގަނޑަށް ލިބުނު ގެއްލުންތައް މިހާރު އެއްކޮށް ފަސޭހަވެފައިވާ ކަމަށް އެމަނިކުފާނު  ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދީފައިވަނީ 2021 ވަނަ އަހަރުގެ މޭއި މަހުގެ 6 ވަނަ ދުވަހުއެވެ. އެ ހަމަލާއަށް ފަސް އަހަރު ފުރުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ހަމަލާގައި ލިބުނު ގެއްލުންތައް ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ފަސޭހަވާނެ ކަމަށް އޭރު ފަރުވާ ދެއްވި ޑޮކްޓަރުން ލަފާދެއްވި ކަމަށެވެ. އަދި ޑޮކްޓަރުން ވިދާޅުވި ފަދައިން މިއަދު އެކަން މެދުވެރިވެފައިވާތީ، ނަޝީދު ވަނީ ހެއްދެވި ފަރާތަށް ޝުކުރު ދަންނަވާފައެވެ.

”5 އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ރަނގަޅުވާނެ ކަމަށް ހަމައެކަނި ކަންބޮޑުވާން ޖެހޭނީ ކަނާތް އަތުގެ ތިން އިނގިލީގެ ހަރަކާތްތަކަށް ކަމަށް އޭރު ޑޮކްޓަރުން ބުނީ،“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާއިން ލިބުނު ޒަހަމްތައް ފެންނަ ފޮޓޯއެއް- ފޮޓޯ: ނަޝީދު

މި ނުރައްކާތެރި ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި، ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށް ދައުވާ އުފުލާފައެވެ.

މީގެ އިތުރުން، ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ކުށަށް އިއުތިރާފްވުމާ ގުޅިގެން، އޭނާގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ރައީސް ނަޝީދަށް ދިން މި ހަމަލާއަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚެއްގައި ސިޔާސީ ވެރިއަކަށް އަމާޒުކޮށް ދެވުނު އެންމެ ވަރުގަދަ އެއް ޓެރަރިސްޓް ހަމަލާއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދުވަސްވަރު، ރައީސް ނަޝީދަށް ހަމަލާ ދީފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެމަނިކުފާނަށް ފާރަލައިގެންކަމަށް ތަހުގީގަށް ވަނީ ހޯދިފަ އެވެ. އަދި އޭގެ ކުރިން ވެސް އެމަނިކުފާނަށް ހަމަލާ ދިނުމަށް އައިއީޑީއެއް ގޮވާލަން ރާވައި، އަނިޔާ ދިނުމަށް މަސައްކަތް ކުރިން ވަނީ ހާމަވެފަ އެވެ. އެހެން ނަމަވެސް އެ މައުލޫމާތުތައް ފުލުހުންނާއި އެމްއެންޑީއެފްގެ އިންޓެލިޖެންސަށް އެނގިފައި ނެތުމުން ބޮޑެތި ސުވާލުތައް ވެސް އުފެދުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: