ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ ރައްދު އޭޖީއަށް: އާރުޓީއައި ގާނޫނުގެ ނަހަމަ ބޭނުން ކުރާ ކަމުގެ އެއްވެސް ހެއްކެއް ނެތް

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރުޓީއައި) ގާނޫނުގެ ދަށުން މައުލޫމާތަށް އެދޭ ފަރާތްތަކުން އެ ގާނޫނުގެ ނަހަމަ ބޭނުން ނުވަތަ ސިސްޓެމިކް އެބިއުސް ކުރަމުންދާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވި ނަމަވެސް އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާއިދު ރަޝީދު ވިދާޅުވެއްޖެއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހަށް އަމާޒުކުރައްވައި އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ، ވަކިވަކި ހާލަތްތަކުގައި އުނދަގޫވާ ފަދަ ސުވާލުތަކެއް ނުވަތަ ރިކުއެސްޓްތަކެއް ހުރެދާނެ ކަމަށާއި، ނަމަވެސް އެއީ އާންމުކޮށް ހިނގާ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިހާރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ދައުލަތުގެ މުއައްސަސާތަކުން މައުލޫމާތަށް އެދުމުން އެއްވެސް ޖަވާބެއް ނުދީ ހަނު ތިބޭ މައްސަލަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”އާރުޓީއައި ގާނޫނުގެ ދަށުން މައުލޫމާތަށް އެދޭ ފަރާތްތަކުން އެ ގާނޫނުގެ ނަހަމަ ބޭނުން ކުރާ ކަމުގެ އެއްވެސް ހެއްކެއް އަޅުގަނޑުމެންނަށް ފެންނާކަށް ނެތް. އޭގެ ބަދަލުގައި މައުލޫމާތު ދޭންޖެހޭ ފަރާތްތަކުން ޖަވާބު ނުދީ ތިބޭ މައްސަލަ މާ ބޮޑަށް ވެސް ގިނަ،“ އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ގާނޫނުގެ ދަށުން އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ ޒިންމާ އެއްވެސް ވުޒާރާއަކުން މިހާތަނަށް ފުރިހަމައަށް އަދާކޮށްފައި ނުވާކަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތައްޔާރުކޮށްފައިވާ އަހަރީ ރިޕޯޓުތަކާއި އިމްޕްލިމެންޓޭޝަން އެސެސްމަންޓްތަކުގައި ހުރި ތަފާސްހިސާބުތައް ބެއްލެވުމަށް އެޓާނީ ޖެނެރަލަށް ވަނީ ދައުވަތު އަރުވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ އާރުޓީއައި ގާނޫނަށް ތަބާވުން އިތުރުކުރުމަކީ ދައުލަތުގެ މުއައްސަސާތައް ހިމެނޭހެން ހުރިހާ އެންމެންނަށް ވެސް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

ރައީސް އޮފީހުގައި ބުދަ ދުވަހު ބޭއްވި  ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް ވިދާޅުވީ މައުލޫމާތު ހޯދުމުގެ ގާނޫނަކީ ވަރަށް މުހިންމު މަގުސަދެއްގައި ގެނައި ގާނޫނެއް ކަމަށެވެ. އެހެންކަމުން އެ ހައްގުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދޭން ޖެހޭކަމަށް އުޝާމް ވިދާޅުވި އެވެ.

ފަހަކަށް އައިސް އާރުޓީއައި ގާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާ މިންވަރު އިތުރުވެފައިވާކަމަށް، އުޝާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައެއް ފަރާތްކަކުން ގާނޫނު ”އެބިއުސް“ ކުރާތަން ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށެވެ. މީގެ ސަބަބުން ސަރުކާރުގެ މުއައްސަސާތަކުން އެފަދަ ހުށަހެޅުންތަކަށް ޖަވާބުދާރީވުމަށް އާދަޔާ ހިލާފަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭކަމަށް އުޝާމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: