ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތިއުފާ ދޭން އެންގުމުން އެކަމަށް ދެކޮޅު ހެދި ޑީޖޭއޭގެ ދެ ޑިރެކްޓަރަކު ސަސްޕެންޑްކޮށްފި

ޑީޖޭއޭ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ ދެ ޑިރެކްޓާ ޖެނަރަލުން ކަމަށްވާާ ޒަކަރިއްޔާ އަދި އަހުމަދު އަލީ --
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ ހުސައިން އާއި ޖުޑީޝަލް އެކަޑަމީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު އަލީ މަގާމުން އިސްތިއުފާ ދިނުމަށް އެންގުމުން އެކަމަށް ދެކޮޅު ހެދުމާ ގުޅިގެން އެ ދެ ބޭފުޅުން މަގާމުން ސަސްޕެންޑްކޮށްފިއެވެ.

މި ދެ ބޭފުޅުންނަށް އިސްތިއުފާ ދިނުމަށް އެންގީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ސުޕްރީމް ކޯޓުން ކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބެއެވެ.

މިދިޔަ މެއި މަހުގެ 5 ވަނަ ދުވަހު މި ދެ ބޭފުޅުން ހާޒިރުކޮށް އިސްތިއުފާ ދިނުމަށް އެންގީ މިހާރު ޑިޕާޓްމަންޓް ހަވާލުވެ ހުންނެވި ސީނިއަރ މެނޭޖަރ ސެކިއުރިޓީ މުހައްމަދު ޝުޖާއުއެވެ.

އެނގިފައިވާ ގޮތުގައި ޝުޖާއު އެ ދެ ބޭފުޅުންނަށް ދެންނެވީ ”ވަރަށް އުނދަގޫ ވާހަކައެކޭ މި ބުނަނީ… މި ވާހަކަ ބުނާށޭ ބުނީމައޭ މި ބުނަނީ… އިސްތިއުފާ ދޭށޭ“ މިފަދައިންނެވެ.

އިސްތިއުފާ ދޭން އެންގީ ކޮން ފަރާތަކުންތޯ އެ ދެ ބޭފުޅުން ސުވާލު ކުރުމުން، އެއީ ”މަތިން“ ނުވަތަ ޖޭއެސްސީ އާއި ސުޕްރީމް ކޯޓުން އެންގި އެންގުމެއް ކަމަށާއި، އިސްތިއުފާ ނުދީފިނަމަ ”ހުތުރުކޮށް ބޭރުކުރާނެ“ ކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށް ޑީޖޭއޭގެ އޮފިޝަލަކު މައުލޫމާތު ދީފައިވެއެވެ. ނަމަވެސް އެ ދެ ބޭފުޅުން ވަނީ އެއީ ދާއިމީ މުވައްޒަފުން ކަމަށާއި، އެއްވެސް ސަބަބެއް ނެތި އިސްތިއުފާ ދޭން ނޭންގޭނެ ކަމަށް ބުނެ އެކަމަށް ދެކޮޅު ހަދާފައެވެ.

މި މައްސަލައާ ގުޅިގެން ޑީޖޭއޭގެ މީޑިއާ އޮފިޝަލް އައިމިނަތު ނަޒްދާ ވިދާޅުވީ، ދެ ޑިރެކްޓަރުން ސަސްޕެންޑް ކުރި ކަމުގެ ރަސްމީ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އަދި ޑީޖޭއޭގެ މުވައްޒަފުންނާއި އިސްވެރިންނާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑީޖޭއޭގެ ހިންގުމާ މުހައްމަދު ޝުޖާއު ހަވާލުވީ މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޑިރެކްޓަރ ޖެނެރަލް މުހައްމަދު އަލީ މުހައްމަދު އަދި އަހްމަދު މުހައްމަދު އެތަނުގެ ހިންގުމަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން މުހައްމަދު އަލީ މުހައްމަދު ގަވާއިދާ ހިލާފަށް މުވައްޒަފަކު ދާއިމީ ކުރި މައްސަލައެއް އޭސީސީން ދަނީ ބަލަމުންނެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވުމާ ގުޅިގެން، ޑީޖޭއޭގެ އިސް މަގާމުތަކުގައި ތިބި ދާއިމީ މުވައްޒަފުންގެ މައްޗަށް މަގާމުގެ ގޮތުން ދަށް މުވައްޒަފުން އިސްކޮށްފައިވާތީ އެތަނުގެ މަސްލަހަތު ގެއްލި ބިރުވެރިކަން އުފެދިފައިވާ ކަމުގެ ޝަކުވާތައް މިހާރު ވަނީ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 38%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 63%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: