ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސް.އޯ.އީ ތަކުގެ މުވައްޒަފުން %33 މަދުކުރާނެ: މުންދު

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިން ސައްތައަށް މަދުކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ހާމަކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސް.އޯ.އީ) ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ، ކުންފުނިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު ތިންބައިކުޅަ އެއްބައި މަދުކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

”މިހާރު ތިބި މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް %33 މުވައްޒަފުން މަދުކޮށް، ބާކީ ތިބި %66 މުވައްޒަފުންނާއެކު ކުންފުނިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް،“ ތަރުޖަމާނު ވިދާޅުވިއެވެ.

މީގެއިތުރުން ކަރަންޓު ބިލް ބޮޑުވުމުގެ ޝަކުވާތަކާ ގުޅިގެން ތަރުޖަމާން ވިދާޅުވީ، ބިލްތައް ބޮޑުވަނީ މައިގަނޑު ގޮތެއްގައި މޫސުމީ ބަދަލުތަކާ ގުޅިގެން ކަމަށެވެ. އަދި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ސަރުކާރުން ބަލައިގަންނަ ކަމަށާއި، އެކަމަށް ލުޔެއް ދިނުމަށް އަހަރަކު އެއްފަހަރު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބިލްތައް ބޮޑުވާން ދިމާވާ އިތުރު ސަބަބުތަކުގެ ތެރޭގައި ގްރޭޓަރ މާލެ ސަރަޙައްދުގައި ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރޯސާވާން ޖެހުމާއި، އިމާރާތްތަކުގެ ވަޔަރިންގ ދަށްވުމުގެ ސަބަބުން ކަރަންޓު އިސްރާފުވުން ހިމެނޭ ކަމަށް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަރަންޓުގެ ތިންބައިކުޅަ އެއްބައި އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.

ކަރަންޓު އިގްތިސާދު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ސަބްސިޑީ ދިނުމުގެ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ޚިދުމަތް ހަރުދަނާކުރުމުގެ ގޮތުން ވަކި ސަރަޙައްދުތަކެއްގެ ފެނަކަ ކަރަންޓު ޚިދުމަތް ސްޓެލްކޯއަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: