ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓު ބިލް ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހަކަތައިގެ އައު ސިޔާސަތުތަކެއް ކަނޑައަޅައިފި

ސްޓެލްކޯގެ ސްމާޓް މީޓަރ/ ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓު ބިލްތައް ބޮޑުވުމުގެ ސަބަބުން ރައްޔިތުން ކުރަމުންދާ ޝަކުވާތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މުބާރިކް (މުންދު) ސަރުކާރުގެ ހަކަތައިގެ ސިޔާސަތުތަކާ ގުޅޭ ތަފްސީލީ މަޢުލޫމާތު ހިއްސާކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ވިދާޅުވީ، ކަރަންޓު ބިލްތައް ބޮޑުވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ މޫސުމީ ބަދަލުތަކާ ގުޅިގެން ހޫނުމިން އިތުރުވުން ކަމަށެވެ. ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ކަރަންޓު ބިލްތައް ދެއްކުމުގައި ރައްޔިތުންނަށް ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ބަލައިގަންނަ ކަމަށާއި، މިކަމަށް ލުޔެއް ހޯދައިދިނުމަށް އަހަރަކު އެއްފަހަރު ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ބިލްތައް ބޮޑުވާން ދިމާވާ އިތުރު ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ތަރުޖަމާނު ފާހަގަކުރެއްވީ، ގްރޭޓަރ މާލެ ސަރަޙައްދުގައި ކަރަންޓު އުފެއްދުމަށް އަދިވެސް ބޮޑު ބައެއް ޑީސަލަށް ބަރޯސާވާން ޖެހުމެވެ. މީގެ އިތުރުން، ބައެއް އިމާރާތްތަކުގެ ވަޔަރިންގ ހުންނަ ގޮތުންނާއި ފެންވަރު ދަށްވުމުގެ ސަބަބުން ކަރަންޓު އިސްރާފުވުމަކީވެސް ބިލް ބޮޑުވާން ދިމާވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ ހަކަތައިގެ އައު އަމާޒުތަކެއް ކަނޑައަޅާފައެވެ. އެގޮތުން 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަރަންޓުގެ ތިންބައިކުޅަ އެއްބައި އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ.

މީގެ އިތުރުން، ކަރަންޓު އިގްތިސާދު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ރައްޔިތުންނަށް އެހީތެރިވުމަށް ސަބްސިޑީ ދިނުމުގެ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން، ވަކި ސަރަޙައްދުތަކެއްގައި ފެނަކައިން ދެމުންދާ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯއަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: