ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތުލައިގަތް ތިން ކިލޯގެ ޑްރަގާއި އެކު، ގުޅުން ހުރި ތަންތަން ބަލައިފާސްކުރުމުން އިތުރު 13 ކިލޯގެ ޑްރަގްސް!

މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި ތިން މީހުން.-- ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށް، އެމީހުންނާ ގުޅުންހުރި ތަންތަން ފާސްކުރިއިރު ޖުމްލަ 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މިއީ މިދިޔަ ހޯމަ ދުވަހު ރާއްޖެ އައި ފްލައިޓަކުން ގެނައި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެ، ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި ތަކެތި ރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވި މީހުން ހޯދުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ދެ އެޕާޓްމަންޓެއް ފާސްކުރިއިރު، އިތުރު 13 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ.

އެއީ:

  1. އަބްދުﷲ ރާއިފް (27އ)، ލ. ކަލައިދޫ / ހިޔާވަހި
  2. އެމްޑީ ޖޯޝިމް އުއްޑިން (43އ)، ބަންގްލަދޭޝް
  3. މަމުން ދަލި (32އ)، ބަންގްލަދޭޝް

ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދިވެހި ރާއިފް ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ބަންގްލަދޭޝްގެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރު ނެރެދީފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: