ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި- އިލެކްޝަނަށް 7 ވޯޓުފޮށި!

ތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ސައީދު އާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ސޯބެ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި- އިލެކްޝަންގައި ވޯޓުލުމަށްޓަކައި ޖުމްލަ 7 ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި މައުލޫމާތުގައި ބުނީ، މި އިންތިހާބުގައި އައްޑޫ ސިޓީގައި 5 ވޯޓުފޮށި ބަހައްޓާނެކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށްގެން 2 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް ބުންޏެވެ.

އިންތިހާބުގައި މާލޭގައި ވޯޓުލުން ކުރިއަށްދާނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައެވެ. އަދި އައްޑޫ ސިޓީގައި ވޯޓުފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްކޫލުގައެވެ.

ބައި- އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 ވާ ހޮނިހިރު ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ވޯޓުލުން ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4،114 މީހުންނަށް ލިބިގެންވެއެވެ.

ހިތަދޫ އުތުރު ދާއިރާގެ މި ގޮނޑިއަށް ވާދަކުރަނީ ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި އަހުމަދު ސައީދާއި، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

ހިތަދޫ ދާއިރާގެ ގޮނޑި ހުސްވީ، މީގެ ކުރިން މެމްބަރުކަމުގައި ހުންނަވަނިކޮށް މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތް މައްސަލައެއްގައި، ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ޙުކުމަކާ ގުޅިގެންނެވެ. އޭނާ ވަނީ ޕީއެންސީގެ ޕްރައިމެރީގައި ވާދަކޮށް، އިންތިހާބަށް ޓިކެޓު ވެސް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ފަހުވަގުތު އޭނާ ނިންމީ، ޓިކެޓު ދޫކޮށްލައި ޕްރައިމެރީގައި އޭނާއާއި ވަދަކުރި ސައީދަށް ތާއީދު ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: