ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމަތިންނާއި، ގޯޅި ކަންމަތީ ދައްކާ ވާހަކަތަކުގެ އަޑު އަހާނެކަމެއް ނެތް: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީއަކީ އިންތިޚާބުތަކުން ބަލިވުމުން ކޯޓަށް ގޮސްގެން ނަތީޖާ ބަދަލުކުރަން މަސައްކަތް ކުރާނެބައެއް ނޫން ކަމަށާއި، އެ ޕާޓީން އަބަދުވެސް އިހުތިރާމް ކުރާނީ ރައްޔިތުންގެ ނިންމުންތަކަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ޕީއެންސީގެ ޖަލްސާއެއްގެ ޕޯޑިއަމްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މިއީ މާޔޫސްވާންވީ ވަގުތެއް ނޫންކަމަށާއި، މިއީ އުންމީދު އާކޮށް ހިތްވަރާއެކު ނުކުންނަންވީ ވަގުތު ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކާމިޔާބު ކުރުމަށްޓަކައި މިހާރުން ފެށިގެން އަޒުމް އާކޮށް ކަމަރު ބަންނަން ޖެހޭކަމަށް ވިދާޅުވިއެވެ.

މަގުތައްމަތީގައި ދައްކާ ވާހަކަތަކަށް ރައްޔިތުން ނުހެއްލުމަށް ވެސް އަބްދުއްރަހީމް ގޮވާލި އެވެ. އަބްދުއްރަހީމް ވިދާޅުވީ އެފަދަ ވާހަކަތަކަށް ރައްދުދޭނީ އަމަލާއިބަހުން، ނަތީޖާ ނެރެދީގެން ކަމަށެވެ. އަދި ޕީއެންސީގެ ފިކުރަކީ ގައުމީ ފިކުރުކަމަށާއި، އެއީ ތަރައްގީއާއި، އެއްބައިވަންތަކަމާއި، ސުލްހަ މަސަލަސްކަމުގެ ފިކުރުކަން ފާހަގަކުރެއްވިއެވެ.

އެހެންވީމަ އަޅުގަނޑުމެން ދަންނަވީ ތިޔަބޭފުޅުންނަށް މަގުތައްމަތިންނާއި ކަންކަމްމަތިން ދައްކާ ވާހަކަތަކުގަ އަޑުއައްސަވާނެ ކަމެއް ނެތޭ. މީ ޤައުމަށް އަޅުގަނޑުމެން ދެކެފީމު. އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ އެކުލެވޭ މި ނިޒާމުގަ ވެރިކަންތައް މިހާ ހިސާބަށް ކުރަމުން އައި ގޮތް.

މީގެ އިތުރުން، ރާއްޖޭގައި މަލްޓި-ޕާޓީ ޑިމޮކްރަސީ ތައާރަފުވީ ފަހުން އެކި ފިކުރުގެ ވެރިކަންތައް ތަޖުރިބާކޮށްފައިވާކަން ފާހަގަކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ ދެ ވެރިކަމާއި ކުރީގެ އެހެން ވެރިކަންތަކާ އަޅާކިޔާއިރު ރައީސް މުއިއްޒުގެ ވެރިކަމުގެ ތަފާތު ފެންނާނެ ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާއަށްފަހު ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ ބަސް އަޑުއަހައި، ބަދަލު ކުރަންޖެހޭ ކަންކަން ބަދަލު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުން މިދިޔަ މަހު އެކަނިވެސް ދަރަނި އަދާކުރުމަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ. އެއީ މި ސަރުކާރުން ނެގި ދަރަންޏެއް ނޫން ކަމަށާއި، އެއީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެވަރުގެ ބޮޑު ދަރަންޏެއް އަދާކުރުމަށްފަހުވެސް، ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ގައުމު ބަނގުރޫޓުވެ ވެރިކަން ދޫކޮށްލަން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، މިހާރު ހަމަސް ދުވަސް ވެގެންދިޔައިރު ސަރުކާރުން ދަނީ ސާބިތުކަމާއެކު ކުރިއަށް ކަމަށެވެ. އެހެންކަމުން ގައުމު ހަލަބޮލިކުރަން ޖާގަ ނުދީ، ސަރުކާރާއި އެކު ސާބިތުވެ ތިބުމަށް އެމަނިކުފާނު ހުރިހާ ރައްޔިތުންނަށް ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: