ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އާއި އޮސްޓްރޭލިއަން ބޯޑަރ ފޯސް ކޮމާންޑާ ދެމެދު މަދަނީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަކޮށް، ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުޅާ ދާއިރާއެއްގައި ގުޅިގެން މަސައްކަތް ކުރުމެވެ.

މި ފަހުމުނާމާގެ ދަށުން ދެ ފަރާތް ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމާއި، ކަނޑުމަތީގެ ސަރަޙައްދުތައް ބެލެހެއްޓުމަށް ގުޅިގެން ޕެޓްރޯލް ކުރުމުގެ އިތުރުން، މި ދާއިރާއިން ތަޖުރިބާއާއި މަޢުލޫމާތު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ޑިފެންސް މިނިސްޓްރީން ސިފަކުރެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ކަނޑުމަތީގައި ކުރިމަތިވާ އެކިކަހަލަ ގޮންޖެހުންތަކާއި ނުރައްކާތަކަށް އަވަސް ފިޔަވަޅު އެޅުމަށާއި، އޮޕަރޭޝަނަލް މަސައްކަތްތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ އިތުބާރާއި ގުޅުން އިތުރަށް ހަރުދަނާވެގެންދާނެއެވެ. ޚާއްޞަކޮށް މި ސަރަޙައްދުގައި އަލަށް އުފެދޭ ކަނޑުމަތީގެ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި މި އެއްބަސްވުމުގެ ދަށުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ އިޤްތިޞާދީ ގޮތުންނާއި ސަލާމަތީ ގޮތުން ރާއްޖެއަށް ނުހަނު މުހިންމު ސަރަޙައްދަކަށްވާއިރު، ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މިފަދަ މަސައްކަތްތައް ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. މިއަދު ސޮއިކުރެވުނު މި އެއްބަސްވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: