ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ޙައްޖުވެރިންގެ ލަގެޖު އުފުލުމުގެ އިންތިޒާމުތައް މިއަހަރު އިތުރަށް ހަރުދަނާކޮށްފި

ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޙައްޖާޖީންގެ ދަތުރުފަތުރާއި ލޮޖިސްޓިކްސް ކަންކަން ލުއިފަސޭހަކުރުމުގެ ގޮތުން، މިއަހަރުވެސް ޚާއްޞަ އިސްކަމެއް ދީގެން އިންތިޒާމުތައް ރާވަމުންދާކަމަށް ރާއްޖޭގެ ޙައްޖު މިޝަނުން ހާމަކޮށްފިއެވެ.

އެގޮތުން ޙައްޖުވެރިންގެ ލަގެޖުތައް އެއަރޕޯޓުން ހޮޓަލަށް ގެންދިއުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށްގެންދާނީ ސަޢުދީ ޕޯސްޓުގެ ދަށުން ހިންގާ ”ސުބުލް އޮތޯރިޓީ“ މެދުވެރިކޮށެވެ.

މިކަމާ ގުޅޭގޮތުން ޙައްޖު މިޝަނާއި، ޙައްޖު ކޯޕަރޭޝަން އަދި ކަމާގުޅޭ ޚިދުމަތްދޭ ކުންފުނިތަކުން ވަނީ ސުބުލް އޮތޯރިޓީއާ ބައްދަލުކޮށް، މަސައްކަތްތައް ރޭވިފައިވާ ގޮތް އޮޅުންފިލުވާފައެވެ. މި ނިޒާމުގެ ދަށުން ޙައްޖުވެރިން ޖިއްދާ އެއަރޕޯޓަށް ފޭބުމަށްފަހު، އަމިއްލައަށް ލަގެޖު ނެގުމުގެ ބަދަލުގައި ސީދާ ބަހަށް އެރުމުގެ ފުރުސަތު އޮންނާނެއެވެ. ޙައްޖާޖީންގެ ފޮށިތައް އެއަރޕޯޓުން ނަގައި، ހޮޓަލާ ހަމައަށް ފޯރުކޮށްދިނުމުގެ އެންމެހާ ޒިންމާއެއް އުފުލާނީ އެ އެޖެންޓުންނެވެ.

ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ މައްކާ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ އަހަރަށްވުރެ މިއަހަރުގެ ޚިދުމަތްތައް މާ އަވަސްވެފައި ފުރިހަމަވާނެއެވެ. ޚާއްޞަކޮށް ލަގެޖުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޓެކްނޮލޮޖީގެ ބޭނުން ހިފާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

”ކޮންމެ ފޮއްޓެއްގައި ޚާއްޞަ ޓެގެއް އަޅުވައި، އެ ޓެގު މެދުވެރިކޮށް ޙައްޖުވެރިޔާގެ ޕާސްޕޯޓާ މަޢުލޫމާތުތައް ލިންކު ކުރެވޭނެ. މިކަމަށްޓަކައި ޚާއްޞަ އެޕްލިކޭޝަނެއްވެސް ވަނީ ތަޢާރަފުކޮށްފައި. އެޖެންޓުންގެ އަމާޒަކީ ޙައްޖުވެރިންނަށް ހޮޓަލަށް ދެވުމުގެ ކުރިން، އެމީހުންގެ ފޮށިތައް ހޮޓަލަށް ގެންގޮސް ނިންމުން،“ ޝައިޚް އިމްތިޠާއު ވިދާޅުވިއެވެ.

ސަޢުދީ ސަރުކާރުން ހަމަޖައްސާފައިވާ ”މައްކާ ރޫޓް“ އިނިޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖާޖީންނަށް ބޮޑެތި ލުއިތަކެއް ލިބެމުންދާއިރު، ޖިއްދާ އެއަރޕޯޓުގައި އިމިގްރޭޝަން ކިއޫތަކުގައި މަޑުކުރަން ނުޖެހި އަވަހަށް ހޮޓަލަށް ދެވޭނެ މަގު ވަނީ ފަހިވެފައެވެ. މިއަހަރުގެ ލޮޖިސްޓިކްސް އިންތިޒާމުތައް މިހާ ހަރުދަނާކޮށް ރޭވުމުގެ ނަތީޖާއެއްގެ ގޮތުން، ޙައްޖުވެރިންނަށް އަޅުކަމަށް އިތުރު ވަގުތު ހުސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: