ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަބްސިޑީ ބަޖެޓުގެ 50 އިންސައްތަ ހޭދަކޮށްފި

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އަންނަ އަހަރަށް ލާފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ސަބްސިޑީ ބަޖެޓުގެ 50 އިންސައްތަ، އަހަރުގެ މިހާތަނަށް ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި މާލީ ރިޕޯޓުތައް ދައްކާގޮތުން، ސަބްސިޑީގެ ގޮތުގައި މިހާތަނަށް 1.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 400 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިއަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ޖުމްލަ 2.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ސަރުކާރުން އެކި ދާއިރާތަކަށް ދޭ ސަބްސިޑީތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ތެލާއި، ދަތުރުފަތުރާއި، ކުންޏާއި ނަރުދަމާގެ ހިދުމަތްތަކަށެވެ.

މީގެ އިތުރުން ”އެހެނިހެން ސަބްސިޑީ“ ތަކަށް މިއަހަރު އެއް ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު މި ދާއިރާއަށް ހޭދަކުރި 246 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއަށް ބަލާއިރު، އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާގެ އެހީގެ ގޮތުގައި 77 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އާސަންދަ ސްކީމަށް 629 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 87 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ޖުމްލަ ގޮތެއްގައި ސަބްސިޑީއާއި ސަރުކާރުންދޭ އެކި ގްރާންޓްސް މިއަހަރު 10.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް ވަނީ 3.9 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: