ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކު ކާޑު ކުއްޔަށް ދޭ މައްސަލަތަކެއް: މަނީ ލޯންޑްރިންއަށް މަގުފަހިވޭ، ދައުވާ އުފުލި ބޭންކިން ހިދުމަތްތަކުން މަހުރޫމް ވެދާނެ!

ބޭންކް ކާޑު ކުއްޔަށް ނެގުމަށް ޓިކްޓޮކުގައި ޖަހާފައިވާ ޕޯސްޓުތަކެއް/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކު އެކައުންޓުތަކާއި ކާޑުތައް ކުއްޔަށް ދިނުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ، އެއީ ގާނޫނީ ގޮތުން ޖިނާއީ ދައުވާ އުފުލިދާނެ ބޮޑު ކުށެއްކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ”ބޭންކް އެކައުންޓް ކުއްޔަށް ނަގަނީ“ ނުވަތަ ”ފަސޭހައިން ފައިސާ ހޯދުމަށް އެކައުންޓް ދީ“ ފަދަ އިބާރާތްތަކުން އިޝްތިހާރުކޮށް، މީހުންގެ އެކައުންޓުތައް ނަހަމަ ގޮތުގައި ބޭނުންކުރުން ފަހަކަށް އައިސް ވަނީ އާންމުވެފައެވެ. ހާއްސަކޮށް ޓިކްޓޮކް އަދި ޓެލެގްރާމް ފަދަ ޕްލެޓްފޯމްތަކުގައި މިފަދަ އިޝްތިހާރުތައް ގިނަކަން ފުލުހުން ފާހަގަކުރެއެވެ.

މައްސަލައިގައި ފުލުހުން ބުނީ، ބޭންކު އެކައުންޓަކީ އަމިއްލަ ފަރުދީ އެއްޗަކަށް ވާއިރު، އެކައުންޓުގެ މައުލޫމާތާއި، ކާޑުގެ ޕިން ނަންބަރު ނުވަތަ އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެހެން މީހަކަށް ހިއްސާކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. އަދި އެކައުންޓު މެދުވެރިކޮށް ހިންގާ ކޮންމެ މުއާމަލާތެއްގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ އެކައުންޓުގެ ވެރިފަރާތުންކަން ފުލުހުން ހަނދާންކޮށްދިނެވެ.

ބޭންކް އެކައުންޓް ކުއްޔަށް ދިނުމަކީ ކުށަކަށް މަގުފަހިވެދާނެކަމެއް!

މިހާރަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި (ޚާއްސަކޮށް ޓިކްޓޮކް އަދި ޓެލެގްރާމްގައި) ”ބޭންކް އެކައުންޓް ކުއްޔަށް ނަގަނީ“ ނުވަތަ ”ފަސޭހައިން ލާރި ހޯދުމަށް އެކައުންޓް ދީ“ ފަދަ އިޝްތިހާރުތައް ދަނީ އިތުރުވަމުންނެވެ.
މިފަދަ ކަންކަމަށް ސަމާލުވެލައްވާ!
• އެކައުންޓަކީ އަމިއްލަ އެއްޗެއް: ބޭންކް އެކައުންޓާއި، އޭގެ ޕިން އަދި އޯޓީޕީ އަކީ އެހެން ފަރާތަކަށް ދީގެންވާނެ އެއްޗެއް ނޫން.
• އެކައުންޓް ކުއްޔަށް ދިނުމަކީ މަނީ ލޯންޑަރިންގ ފަދަ ބޮޑެތި ކުށްތަކަށް މަގުފަހިވާ ކަމެކެވެ. މީގެ ސަބަބުން ޖިނާއީ ދަޢުވާ އުފުލި، ބޭންކިންގ ޚިދުމަތްތަކުން މަޙްރޫމްވުމަކީ އެކަށީގެންވާ ކަމެއް.
• މަނީ މިއުލް: އެފަރާތެއްގެ އެކައުންޓް ބޭނުންކޮށްގެން ކުރާ ކޮންމެ މުޢާމަލާތެއްގެ ޒިންމާ ނަންގަވަންޖެހޭނީ ސީދާ އެކައުންޓްގެ ވެރިފަރާތުން.
އެކައުންޓް ކުއްޔަށްދޭ ފަރާތްތަކަށާއި، ކުއްޔަށް ނަގާ ފަރާތްތަކާއިމެދު ފުލުހުންނާއި މާލީ އިދާރާތަކާއި ގުޅިގެން ޤާނޫނީގޮތުން ފިޔަވަޅު އެޅޭނެކަން އަންގާ އިލްތިމާސްކުރަން!

ފުލުހުން އިތުރަށް ބުނީ، އެކައުންޓުތައް ކުއްޔަށް ދިނުން މަނީ ލޯންޑަރިން ފަދަ ބޮޑެތި ޖިނާއީ ކުށްތަކަށް މަގުފަހިވާ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން، ބޭންކިން ހިދުމަތްތައް ބޭނުންކުރުން މުޅިން މަނާވުން ފަދަ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިދާނެކަން ފާހަގަކުރި އެވެ.

މީގެ ކުރިން ބީއެމްއެލް އިން ވެސް ވަނީ އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމުތަކަށް ގެންގޮސް، ޑޮލަރު ލިމިޓުގެ ނާޖާއިޒު ފައިދާ ނަގަމުންދިކަން ފާހަގަކުރެވި، އެކަމުގެ މައުލޫމާތުތައް އާންމުކޮށްފަ އެވެ.

ފުލުހުން ވަނީ މިފަދަ ޝައްކުކުރެވޭ އިޝްތިހާރުތައް ސޯޝަލް މީޑިއާގައި އާންމު ކުރުން ހުއްޓާލުމަށާއި، މިފަދަ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފައެވެ.

ބޭންކު އެކައުންޓް ކުއްޔަށް ދޭ މީހުންނާއި ނަގާ މީހުން ހޯދައި، މާލީ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: