ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ހައްޖު މިޝަންގެ ޓީމުން މިނާގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލައްވައިފި

ހައްޖު މިޝަންއިން މިނާގެ އެންމެ ފަހުގެ އިންތިޒާމްތައް ބަލަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަމަށް ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ދިއުމަށް ތައްޔާރުވަމުންދާއިރު، ހައްޖުވެރިން މިނާގައި ތިބޭނެ ޓެންޓްތަކުގެ އެންމެ ފަހުގެ ތައްޔާރީތައް ދިވެހި ހައްޖު މިޝަންގެ ޓީމުން ބައްލަވާލައްވައިފިއެވެ.

ހައްޖު މިޝަންގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ދިވެހި ހައްޖާޖީން މިނާގައި ތިބުމަށް ހަމަޖެހިފައިވާ ޓެންޓްތަކުގެ މަސައްކަތްތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މިއަހަރުވެސް ދިވެހި ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުވެސް ދިވެހިން ތިބި ސަރަޙައްދުގައެވެ. މިއީ ދަތުރުފަތުރު ކުރުމަށާއި، ޖަމްރާތަކަށް ހިލައުކަން ދިއުމަށްވެސް ނުހަނު ފަސޭހަ ސަރަޙައްދެއްކަން މިޝަންއިން ފާހަގަކުރެއެވެ.

ޓެންޓްތަކުގެ މައިގަނޑު މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދަނީ ވަސީލަތްތައް ގާއިމުކުރުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތަކެވެ. މި އަހަރުގެ އިންތިޒާމްތަކާ ގުޅޭގޮތުން ހައްޖު މިޝަންއިން ވިދާޅުވީ، ”މިހާރު ވަނީ ފާހަނާތަކުގެ އަދަދު ހަތަރުގުނަ އިތުރުކޮށްފައި. އަދި ކެއިންބުއިމުގެ އިންތިޒާމްވެސް އިތުރަށް ފުރިހަމަވާނެ،“ ކަމަށެވެ.

މި އިންތިޒާމްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށްޓަކައި ހައްޖު މިޝަންގެ ޓީމުން ވަނީ މުތައްވިފް ރަވާފް މިނާއާ ބައްދަލުކޮށް، ހައްޖުވެރިންނަށް ބޭނުންވާނެ އެންމެހާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޖުމްލަ 10 މެންބަރުންގެ މައްޗަށް އެކުލެވޭ މި އަހަރުގެ ހައްޖު މިޝަންގެ އިސްވެރިއަކީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނަރަލް، އައްޝައިޚް އިމްތިތާއު އައްބާސްއެވެ. މި މިޝަންގައި ހައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާއި، މެޑިކަލް ޑޮކްޓަރަކާއި، ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާއިރު، މި ބޭފުޅުންގެ މައިގަނޑު މަގްސަދަކީ ހައްޖުވެރިންގެ ކަންކަން ވީހާވެސް ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިއަހަރުގެ ދިވެހި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ. ދިވެހި ސަރުކާރުން އަންނަނީ ހައްޖުވެރިންނަށް އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: