ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް ދައުވާ ކުރަނީ!

އޭސިސީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ދަޢުވާ ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފިއެވެ.

މައްސަލައިގައި ޕޮޕިއުލާ ކުންފުނީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައި އޭސީސީ އާންމު ކުރި ބަޔާނެއްގައި ބުނީ، 2014 ވަނަ އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް، ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބައެއް، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން ވަނީ ޕޮޕިއުލަރ މޯލްޑިވްސްގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށެވެ. އެގޮތުން 13 ޖުލައި 2015 ގައި އެސް.އޯ.އެފްގެ ޗެކެއް މެދުވެރިކޮށް 150,000.00 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު އެ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ކަށަވަރުވެފައިވާކަމަށް ބަޔާނުގައި ވެއެވެ.

އޭސީސީން ބުނީ މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް ޕޮޕިއުލަރ މޯލްޑިވްސްއިން މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި ފައިސާގެ އަސްލު އޮޅުވާލައި، އެއާ ގުޅޭ ހައްޤުތައް ސިއްރުކޮށް، ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް އެ ކުންފުނިން ރާވައިގެން މަސައްކަތްކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާކަމަށް ބުންޏެވެ.

މީގެއިތުރުން، ތ. އޮޅުގިރި ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވަނީ ވެސް ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ތަހުގީގަށް ވަނީ ހާމަވެފައެވެ. އެ ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައިވާ ގޮތުން، ސޮއިކުރާ ތާރީޚުން ފެށިގެން 36 މަސްދުވަހުގެ ތެރޭގައި ރިޒޯޓެއް ތަރައްޤީ ކުރަންޖެހެއެވެ. ނަމަވެސް، އެ މުއްދަތުގައި މަސައްކަތް ނިންމާފައި ނުވާތީއާއި، އެއްބަސްވުމާ ޚިލާފުވެފައިވާތީ، އެ ރަށް އަނބުރާ ދައުލަތަށް ނެގުމަށް ފޮނުވުމަށް މިހާރު ވަނީ ނިންމާފައެވެ.

މި މައްސަލައިގައި ޕޮޕިއުލަރ މޯލްޑިވްސްގެ މައްޗަށް ދަޢުވާކުރަން ފޮނުވާފައިވަނީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. މި ދަޢުވާގައި ތެރެއިން، ދައުލަތަށް ލިބެންޖެހޭ 150,000 އެމެރިކާ ޑޮލަރު އަނބުރާ ހޯދުމަށްވެސް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: