ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އާންމު މެންބަރުން ބޭނުންވަނީ އިތުބާރު ހުރި، ބަހާއި އަމަލު ދިމާވާ ޗެއާޕާސަނެއް: މީކާއީލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އާންމު މެންބަރުންގެ އެންމެ ބޮޑު އެދުމަކީ ބަހާއި އަމަލު ދިމާވާ އިތުބާރު ހުރި ސަޚުސިއްޔަތަކު ޕާޓީގެ ހިންގުމާ ހަވާލުވުންކަމަށް ޗެއާޕާސަންކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

”އިތުބާރު“ ކެމްޕެއިންގެ ނަމުގައި އަތޮޅުތެރެއަށް ކުރެއްވި ދަތުރުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މީކާއިލް ވަނީ މިއަދު މީޑިއާތަކާއި ބައްދަލު ކުރައްވާފަ އެވެ. މީކާއިލް ގޮތުގައި، ރަށްރަށުގެ މެންބަރުންގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާޓީގެ ލީޑަޝިޕްގައި ތިއްބަވާ ބޭފުޅުންނަށް އޮންނަ އިތުބާރު ކުޑަވުމެވެ.

މީކާއީލް ވިދާޅުވީ ގިނަ ރަށްތަކެއްގެ މެންބަރުންނާ ބައްދަލުވުމުން އެނގިގެންދިޔައީ، އިދިކޮޅު ކެންޑިޑޭޓުންގެ ވަފާތެރިކަމާ މެދު މެންބަރުންގެ ހިތްތަކުގައި ސުވާލު އުފެދިފައިވާ މިންވަރު ކަމަށެވެ. ހާއްސަކޮށް، 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއަށް ފަހު ޕާޓީގެ އިސް ބަޔަކު ވަކިވެގެން ދިއުމަކީ އެމްޑީޕީގެ އެތެރޭގެ ބަދަހިކަމަށް ލިބުނު ބޮޑު ހީނަރުކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އެކަމުގެ ސަބަބުން، އިންތިޚާބުން ނާކާމިޔާބުވާ ފަރާތްތަކުން ޕާޓީގައި ދެމިތިބޭނެތޯ ކޮންމެ ރަށަކުން ވެސް މިއަދު ސުވާލުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ 20 އަހަރުވީ ދިގު ތާރީޚަށް އަލިއަޅުވާލައްވަމުން މީކާއީލް ވިދާޅުވީ، އެތެރޭގެ އިންތިޚާބެއްގެ ނަތީޖާއާ ގުޅިގެން ޕާޓީގައި ދެމިތިބޭނެތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ދިއުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. ނަމަވެސް، އޭނާގެ ފަރާތުން ދޭން އޮތް ޔަގީންކަމަކީ، އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައިވިޔަސް، އޭނާ ހުންނަވާނީ ކުރިއެކޭވެސް އެއްފަދައިން ޕާޓީގެ އާންމު މެންބަރުންގެ ޚިދުމަތުގައިކަމަށް މީކާއިލް ވިދާޅުވި އެވެ.

ނުސީދާކޮށް ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކުރައްވައި މީކާއިލް ވިދާޅުވީ، އިންތިޚާބަށްފަހު އެ ބޭފުޅުން އަމަލުކުރައްވާނެ ގޮތަކާ މެދު މެންބަރުން ސުވާލު އުފައްދާނެ ޖާގަ އެބައޮތް ކަމަށާއި، އެކަމަކު އޭނާގެ އިސްކަމަކީ އަބަދުވެސް ޕާޓީގެ އެއްބައިވަންތަކަން ކަމަށެވެ. މިއީ އެމްޑީޕީގެ ކުރިމަގަށްޓަކައި އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ވަގުތުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މީކާއީލް ވިދާޅުވީ އެމްޑީޕީއަކީ ވަކިވަކި ފަރުދުންގެ މަސްލަހަތަށްވުރެ ބޮޑު ޕާޓީއެއް ކަމަށާއި، އަމާޒަކީ ޕާޓީ އަލުން އިންތިޒާމުކޮށް، ކުރިއަށް އޮތް ބޮޑެތި އިންތިޚާބުތަކަށް ތައްޔާރުވުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: