ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ކާގޯ ޓާމިނަލާ އެކު އެމްޕީއެލްގެ ލޮޖިސްޓިކްސް ވަރުގަދަވެ، ”ސީ-ޓު-އެއާ“ ހިދުމަތުން އާ ރެކޯޑެއް

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތައާރަފުކޮށްފައިވާ ”ސީ-ޓު-އެއާ“ ކާގޯ ހިދުމަތަށް ބައިނަލްއަގުވާމީ މާކެޓުގައި ބޮޑު ތަރުހީބެއް ލިބެމުންދާކަން އެ ކުންފުނިން ހާމަކުރި އެންމެ ފަހުގެ ހިސާބުތަކުން ދައްކައިފިއެވެ.

އެމްޕީއެލް އިން ބުނިގޮތުގައި، ނިމިދިޔަ މާޗް މަހުގެ ތެރޭގައި އެކަނިވެސް ދުނިޔޭގެ ފަސް ގައުމަކަށް އަމާޒުކޮށް 37 ޓަނަށް ވުރެ ގިނަ މުދާ މި ހިދުމަތުގެ ދަށުން ވަނީ އުފުލާފައެވެ. މި މުދާތައް މަންޒިލްތަކަށް ފޯރުކޮށްދީފައިވަނީ ބައިނަލްއަގުވާމީ މަޝްހޫރު ހަތަރު އެއާލައިނެއް މެދުވެރިކޮށެވެ.

2024 ވަނަ އަހަރުގެ މެއި މަހު ރަސްމީކޮށް ފެށި މި ހިދުމަތަކީ، ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ، ވައިގެ މަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވައިދޭ ހަރުދަނާ ލޮޖިސްޓިކްސް ނިޒާމެކެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރީގެ މައި ހަބަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ. މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އާ އާމްދަނީގެ ދޮރުތައް ހުޅުވި، ދުނިޔޭގެ ވިޔަފާރި ޗޭނުގައި ރާއްޖޭގެ ދައުރު ކުރިއަށްވުރެ ބޮޑަށް މިވަނީ ފުޅާވެފައެވެ.

މި މަސައްކަތް މިހާ ފުޅާދާއިރާއެއްގައި ކުރިއަށްދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވާ އާ ކާގޯ ޓާމިނަލްގެ އެހީތެރިކަމާ އެކުގައެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ހުޅުވި މި ޒަމާނީ ޓާމިނަލަކީ އަހަރަކު 120,000 ޓަނުގެ މުދާ މެނޭޖްކުރުގެ ފުރިހަމަ ގާބިލުކަން ހުރި ތަނެކެވެ. މި އާ ވަސީލަތްތަކާއެކު، މުދާ ބޭރުކުރުމުގެ މަރުހަލާތައް އަވަސްވެ، އެމްޕީއެލްގެ މި ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދަނީ ލިބެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: