ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދަދު ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ޕްރެސްތައް ކަވަރު ކުރުމުގެ ފުރުސަތު ނުދޭން ނިންމައިފި

ރައީސް އޮފީސް/ ފޮޓޯ: ޕީއެސްއެމް ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

”އަދަދު“ ނޫހުން ދައުރުކުރި ”އައިޝާ“ ޑޮކިއުމަންޓަރީއާ ގުޅިގެން، ދައުލަތުން އެ ނޫހުގެ އިސްވެރިންތަކެއް މައްޗަށް އުފުލާފައިވާ ދައުވާއާއި މެދު ކޯޓުން ވަކިގޮތެއް ނިންމަން ދެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމަކަށް އެ ނޫހުގެ ނޫސްވެރިން ހާޒިރުވުން މަނާކޮށްފިއެވެ.

ރައީސް އޮފީހުން މި ފިޔަވަޅު އަޅާފައިވަނީ 11 މޭ 2026 ވީ ހޯމަ ދުވަހުގެ ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކްރިމިނަލް ކޯޓުގެ އަމުރާ ހިލާފަށް އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޛާން އަމަލުކޮށްފައިވާތީ ކަމަށް އެ އޮފީހުން ބުނެއެވެ.

ކްރިމިނަލް ކޯޓުން 10 މޭ 2026 ގައި ނެރުނު އަމުރަކީ ”އައިޝާ“ ޑޮކިއުމަންޓަރީއާ ގުޅިގެން ހިނގަމުންދާ ޝަރީއަތުގެ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ނެރުނު އަމުރެކެވެ.

މި ނިންމުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، ”ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު“ ގެ 13 ވަނަ މާއްދާއިން ލިބިދޭ އިހުތިޔާރުގެ ދަށުން، މައްސަލަ ހިނގަމުންދާ މުއްދަތުގައި އަދަދު ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ޕްރެސްތަކަށް ވަނުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ.

މި މައްސަލަ ފެށިފައިވަނީ 28 މާރިޗު 2026 ގައި އަދަދު ނޫހުން އާންމުކުރި ޑޮކިއުމަންޓަރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަބުރަށް ހުތުރުވާފަދަ ތުހުމަތުތަކެއް ކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ. މި މައްސަލައިގައި ދައުލަތުން ވަނީ އެ ނޫހުގެ އެޑިޓަރުން ކަމަށްވާ ޙުސައިން ފިޔާޟް މޫސާ އާއި ޙަސަން މުޙައްމަދުގެ މައްޗަށް ޤަޛްފު ކުރުމުގެ ޖިނާއީ ދައުވާ އުފުލާފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން، އެ ޑޮކިއުމަންޓަރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ދެއްކުމަކީ މަނާކަމެއް ކަމަށެވެ.

މީގެ އިތުރުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ކޮމިޝަނުން ވެސް ވަނީ އެ އަމުރަށް ފުރިހަމައަށް ކިޔަމަންވުމަށް ހުރިހާ މީޑިއާތަކަށް އަންގާފައެވެ.

ރައީސް އޮފީހުގެ ނިންމުމުގައި އިތުރަށް ބުނެފައިވަނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނުގެ 39، 40 އަދި 44 ވަނަ މާއްދާގައި ބަޔާންކުރާ މީޑިއާގެ ސުލޫކީ މިންގަނޑުތަކަށް އަދަދު ނޫހުން އިހްތިރާމްކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން، މިއަދުން ފެށިގެން އެ ނޫހަށް ރައީސް އޮފީހުގެ ޕްރެސްތަކުން ޖާގަ ނުދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: