ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަރުހުންގެ ދުވަހުގެ ބަހުސް ރައީސްގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ނަރުހުންގެ ދުވަހާ ގުޅުވައިގެން، ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒް އަދި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަނުން އިންތިޒާމްކުރި ޚާއްޞަ ބަހުސް ސެޝަން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ފެކަލްޓީ އޮފް ހެލްތު ސައެންސަސް (އެފް.އެޗް.އެސް)ގައި ކުރިއަށްދިޔަ މި ބަހުސް ސެޝަނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒްގެ ރައީސާ މަރިޔަމް ނިޔާން އަދި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަންގެ ރައީސާ އާމިނަތު ޒީނިޔާއެވެ.

މި ބަހުސްގެ މައުލޫއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ”ދިވެހިރާއްޖޭގައި ނަރުސްކަމުގެ ދާއިރާއިން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިއުމަށް ފުރުސަތު އެބައޮތެވެ“ މިއެވެ. ދެ ޓީމެއްގެ މެދުގައި ކުރިއަށްދިޔަ މި ބަހުސްގައި ޓީމް-އޭ އިން މައުލޫއާ އެއްކޮޅަށް ވާހަކަދެއްކިއިރު، ޓީމް-ބީ އިން ބަހުސްކޮށްފައިވަނީ މައުލޫއާ ދެކޮޅަށެވެ.

މި ބަހުސްގައި ރާއްޖޭގެ ނަރސިންގް ދާއިރާ އިތުރަށް ފުޅާކުރުމާއި، އާ ފުރުސަތުތައް ހޯދައިދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި އަލިއަޅުވާލާފައިވެއެވެ. މި ސެޝަންގައި ދާއިރާގެ ޢަމަލީ އަދި ޢިލްމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއިރު، ދާއިރާގެ ގިނަ އަދަދެއްގެ ބޭފުޅުން ބަހުސް ބައްލަވާލެއްވުމަށް ވަޑައިގެންނެވިއެވެ.

ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 12 ވަނަ ދުވަސް ފާހަގަކުރާއިރު، މިފަދަ ހަރަކާތްތަކުގެ ސަބަބުން ނަރުހުންގެ ދައުރާއި ދާއިރާގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: