ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހޯދުމުގެ އޮޕަރޭޝަން: 102 ތަނެއް ބަންދުކޮށްފި

އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 102 ތަނެއް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވަނީ މި މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވީ ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ މައްސަލަ ހައްލުކުރުމަށްޓަކައި، ބޭންކު އެކައުންޓުތަކުގައި ފައިސާ ދައުރުވާ ގޮތް ވަރަށް އަވަހަށް ބަލަން ފަށާނެ ކަމަށެވެ.

މިއީ ބިޒްނަސް ކައުންސިލާއި ވިޔަފާރިވެރިންގެ ލަފާގެ މަތިން، މީރާ އާއި ބޭންކުތައް މެދުވެރިކޮށް ކުރިއަށްގެންދަން ނިންމާފައިވާ މަސައްކަތެކެވެ.

 ”ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އެނގޭނެ އެ ފައިސާ އަސްލު ދައުރުވަނީ ބިދޭސީ އެކައުންޓެއްގައިތޯ ނުވަތަ ކިހާ ވަރެއްގެ ގުޅުމެއް އޮވޭތޯ މި ނެޓްވޯކު ތެރޭގައި،“ މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީން ވިޔަފާރިކުރާ ކަމުގެ ރިޕޯޓު ލިބިގެން ބަލާއިރު، ގިނަ ފަހަރަށް އެ ވިޔަފާރިތަކުގެ އަސްލު ވެރިފަރާތުގެ ގޮތުގައި އޮންނަނީ ދިވެއްސެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިފަދަ ހާލަތްތަކުގައި އެތަނުގައި މަސައްކަތްކުރާ ބިދޭސީއަކީ ޤަވާއިދާ އެއްގޮތަށް އުޅޭ މީހެއްތޯ ބަލައި، އިމިގްރޭޝަނުން ވަގުތުން ފިޔަވަޅު އަޅަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ކުރިއަށްގެންދާ މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 409 ޝަކުވާ ލިބިފައިވާއިރު، 242 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. މީގެ ތެރެއިން ވަގުތީ ގޮތުން ބަންދުކުރި 102 ތަނުގެ ތެރޭގައި ހިމެނެނީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރި 57 ތަނަކާއި، ސެލޫން އަދި ސްޕާގެ ގޮތުގައި ހިންގަމުންދިޔަ 45 ތަނެކެވެ. ބަންދުކުރި ތަންތަނުގެ ތެރެއިން އިސްލާހުކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުން 61 ތަނަކަށް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.

މި މައްސަލައަކީ ބޭންކުތަކާއި، ހޯމްލޭންޑް މިނިސްޓްރީ އަދި އެމްއެމްއޭ ހިމެނޭ ކަމަކަށް ވާތީ، މިއީ ކުއްލިއަކަށް ހައްލެއް ނެރެވޭނެ ކަމެއް ނޫން ނަމަވެސް، މިކަން ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: