ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ރީޖަނަލް ފްރީ ޒޯންގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ގާއިމްކުރާ ”އައްޑޫ ރީޖަނަލް ފްރީ ޒޯން“ ގައި މުދާ ރައްކާކުރުމާއި ފްރީ ޒޯންއާ ގުޅުންހުރި އެކި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެ ސަރަހައްދުން ޖާގަ ހޯދުމަށް ”އެކްޝްޕްރެޝަން އޮފް އިންޓަރެސްޓް“ (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ 13 މެއި 2026 އިން ފެށިގެން 11 ޖޫން 2026 ގެ ނިޔަލަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ވިލުންތެރި އިގްތިސާދެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އައްޑޫގައި ފްރީ ޒޯން ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ތެރޭގައެވެ.

އެމް.ޕީ.އެލް އިން ބުނި ގޮތުގައި، އީ.އޯ.އައި ހުށަހަޅާ މުއްދަތު ހަމަވުމުން، ޝައުގުވެރިކަން ފާޅުކުރި ވިޔަފާރިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ. މި ޕްރޮޕޯސަލްތަކުގައި ކުރަން ބޭނުންވާ މަސައްކަތުގެ ތަފްސީލާއި، ބޭނުންވާ ބިމުގެ ބޮޑުމިނާއި ބިމުގެ ލީސް އެއްބަސްވުމާ ގުޅޭ މައުލޫމާތު ހިމަނަންޖެހޭނެއެވެ. ފްރީ ޒޯންއިން ބިން ދޫކުރާނެ ފަރާތްތައް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހުގައެވެ.

މި ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ޓެރިފްތައްވެސް މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން ޑިއުޓީ ފްރީ ޒޯންގެ ހުސްބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ:

  • ދުވާލަކަށް: 1,000 އަކަފޫޓަށް 153.33 ރުފިޔާ (ޖީ.އެސް.ޓީ ނުލައި)
  • ދުވާލަކަށް: 1,000 އަކަފޫޓަށް 165.60 ރުފިޔާ (ޖީ.އެސް.ޓީ އާއެކު)
  • މަހަކަށް: 1,000 އަކަފޫޓަށް 4,600 ރުފިޔާ ނުވަތަ 298 ޔޫ.އެސް ޑޮލަރު (ޖީ.އެސް.ޓީ ނުލައި)

މި ބިންތައް ހާއްސަކުރެވިފައިވަނީ ސިނާއީ މަސައްކަތްތަކާއި، މުދާ ތައްޔާރުކުރުމާއި، އެސެމްބެލްކުރުމުގެ އިތުރުން ގުދަންކުރުމާއި ލޮޖިސްޓިކްސްގެ އެކި ހިދުމަތްތަކަށެވެ.

ޝައުގުވެރިވާ ފަރާތްތަކުން business@port.mv އަށް އީމެއިލް މެދުވެރިކޮށް އީ.އޯ.އައި ހުށަހެޅޭނެއެވެ. އަދި އީ.އޯ.އައި އާއެކު އެމް.ޕީ.އެލް އިން ދީފައިވާ ސަރވޭ ފޯމު (https://bit.ly/4nsUEN1) ފުރިހަމަކޮށް ހުށަހަޅަންޖެހެއެވެ.

އައްޑޫ ރީޖަނަލް ފްރީ ޒޯން ގާއިމްކުރުމަކީ އެމް.ޕީ.އެލް އާއި އިކޮނޮމިކް މިނިސްޓްރީ، ކަސްޓަމްސް އަދި ސަރުކާރުގެ ކަމާބެހޭ ވުޒާރާތައް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީއަކީ ވިޔަފާރީގެ މައި ހަބަކަށް ހެދުމެވެ. މިގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައި، މިފަދަ މަސައްކަތްތަކަށް ހާއްސަކުރާ ރާއްޖޭގެ ފުރަތަމަ ސަރަހައްދުގެ ގޮތުގައި އައްޑޫ ސިޓީ (ހުޅުދޫ އަދި މީދޫ ހިމެނޭހެން) ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: