ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީކާއިލްގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވައި، އޭނާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.

މީކާއިލްގެ ނަން އިއްވާފައިވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެކި ފަހަރު މަތިން ދެއްވި ނަސޭހަތަށް އިޖާބަ ނުދެއްވުމާ ގުޅިގެންނެވެ.

މަޖިލީހުގެ ރައީސް ވަނީ މައުޞޫއިން ބޭރުން ވާހަކަނުދެއްކެވުމަށާއި، މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް މީކާއިލްގެ އަރިހުން އެދިވަޑައިގެންފައެވެ. ނަމަވެސް، އެ ނަސޭހަތްތަކަށް އަމަލުނުކުރެއްވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ވަނީ މީކާއިލްގެ މައިކުގެ އަޑު ކަނޑުވާލައްވާފައެވެ. އޭގެ ފަހުން މީކާއީލް ތަޅުމުގައި އަޑުގަދަ ކުރައްވައި ހެއްދެވުމުން  ނަން އިއްވަވައި، ތަޅުމުން ނިކުމެވަޑައިގަތުމަށް އަންގެވިއެވެ.

މެމްބަރުގެ ނަން އިއްވުމާއެކު، މަޖިލީހުގެ ސެކިއުރިޓީން ވަނީ މީކާއިލް ތަޅުމުން ނެރެފައެވެ. މި ހާދިސާއާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: