ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންއަކީ ޑީލް ހެދޭހާ ޗީޕް ބޭފުޅެއް ނޫން: ޝުޖާއު

ޕީޕީއެމްގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަކީ ޑީލް ހެދޭހާ ޗީޕް ބޭފުޅެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. 

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މާފުށީ ޖަލަށް ކުރެއްވި ޒިޔާރަތުގައި ސަރުކާރުގެ ފަރާތުން ރައީސް ޔާމީންއަސް ދެ ހުށަހެޅުމެއް ހުށަހެޅުއްވި ކަމަށް ޕީޕީއެމްގެ އިސް ފަރާތްތަކާ ހަވާލާ ދެއްވާ ބައެއް އޮންލައިން މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މީގެކުރިން ޕީޕީއެމް، ޕީއެންސީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއިއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ވެސް ސަރުކާރުގެ ފަރާތުން ރައީސް ޔާމީންއަށް ހުށަހެޅުންތަކެއް ހުށަހެޅުއްވި ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް އެ ބައްދަލު ކުރެއްވުމާއި ބެހޭ އެއްވެސް މައުލޫޟާތެއް މިހާތަނަށް ސަރުކާރުން ވެސް އަދި ޕީޕީއެމްއިން ވެސް ހާމަކޮށްފައެއް ނުވެއެވެ. 

ރައީސް ޔާމީންއަކީ ޑީލް ހެދޭހާ ޗީޕް ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ ޝުޖާއު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއްޔަތަކީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ހިނގާދިޔަ ޝަރީއްޔަތެއް ކަމަށެވެ. އަދި އެ ޝަރީއްޔަތުން ރައީސް ޔާމީންއަކީ މައުސޫމް ބޭފުޅެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ. 

ޝުޖާއު ވިދާޅުވީ ރައީސް ޔާމީންއަކީ ޖަލުގައި އޮންނަވައިގެން ޕާޓީ މުސާރަ ނަންގަވާނެ ބޭފުޅެއް ނޫން ކަމަށާއި، އެހެން ކަމުން އެކަން އޮޅިވަޑައޮގެން ނޫޅުއްވުމަށް ޝުޖާއު ގޮވާލެއްވިއެވެ. 

ޝުޖާއު މިފަދައިން ވިދާޅުވެފައިވާއިރު ސަރުކާރުން ރައީސް ޔާމީން އަށް ހުށަހެޅުއްވި ދެ ހުށަހެޅުއްވުން ވެސް ރައީސް ޔާމީން ގަބޫލުފުޅު ނުކުރައްވާ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ. އެއީ ދައުލަތަށް ދެއްކުމަށް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވާ ފަސް މިލިޔަން ޑޮލަރު ދެއްކުމަށާއި ރާއްޖެއިން ބޭރަށް ވަކި މުއްދަތެއް ނެތްގޮތަށް ބޭސްފަރުވާއަށް ފޮނުވައި ދިނުމުގެ އިތުރުން ގޭ ބަންދަށް ބަދަލު ކޮށްދިނުމެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: