ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އުފެދިގެން އައިއިރު ހުންނެވީ ހަމައެކަނި ރައީސް ނަޝީދެއް ނޫން : ހަސަން ލަތީފް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު އެ ޕާޓީގެ އިސްސަފުގައި ހުންނެވީ ހަމައެކަނި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫން ކަމަށާއި، އެމަނިކުފާނުގެ ނަންފުޅު އެހާ ބޮޑަށް ފާހަގަވެގެން ދިޔައީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވުމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީ އުފެދިގެން އައިއިރުވެސް އިސްސަފުގައި ވަރަށް ވަރުގަދަ ޝަހްސިޔަތުތަކެއް ތިއްބެވި ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ހާއްސަގޮތެއްގައި ފެންނަންފެށީ 2008 ވަނަ އަހަރު އެމަނިކުފާނު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަތް ހިސާބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”ރައީސް ނަޝީދު ފެންނަންފެށީ 2008 ގައި އެމަނިކުފާނު ރިޔާސީ ކެންޑިޑޭޓަކަށްވީ ހިސާބުން. އެމްޑީޕީ އުފެދިގެން އައިއިރު ހުންނެވީ ހަމައެކަނި ރައީސް ނަޝީދު އެކަންޏެއްނޫން. އެމްޑީޕީގެ އިސްސަފުގައި އޭރުވެސް ގިނަ ބޭފުޅުން ތިއްބެވި. އެންމެންގެ ނަން ވަކިވަކިން ދަންނަވާކަން އަޅުގަނޑުނެތިން،“ ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ގުނަންތައް ހުރީ ކޮންމެހެން ރައީސް ނަޝީދު ވިދާޅުވާހާ ގޮތަކަށް ކަންކަން ކުރާ ގޮތަށް ނޫން ކަމަށެވެ. އަދި މިއަދުވެސް ނަޝީދު ވިދާޅުވާހާ ކަމެއް އެމްޑީޕީން ކުރަންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، ޕާޓީގެ ތެރޭގައި ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް އެއްވެސް ކަމެއް ނުނިންމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ފެށުނީއްސުރެ މިއަދާ ހަމައަށް އައިއިރު ލީޑަރޝިޕަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ، އޭގެ މާނައަކީ ވަކި މަގްބޫލު ޝަހްސިއްޔަތެއް ހުރެގެން ޕާޓީ ހިސޯރުކުރުން ނޫން ކަމަށެވެ. ސިޔާސީ މަސައްކަތަކީ ވަކި އުސޫލުތަކެއްގެ މަތިން ހިނގާ ކަމެއްކަން އޭނާ ވަނީ ހަނދާންކޮށްދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: