ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫއޭއީ އާއި ޤަތަރުގެ ސަފީރުކަމަށް ޠާރިޤާއި އާދަމް ޝަރީފް އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ޤަތަރަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުންގެ މަޤާމަށް، ކުރީގެ ދެ ވަޒީރުން ކަމަށްވާ ޠާރިޤް އިބްރާހީމާއި އާދަމް ޝަރީފް ޢުމަރު އައްޔަންކުރެއްވުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މި ދެ ބޭފުޅުންނަކީވެސް ސަރުކާރުގެ މުހިންމު މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައިވާ ގޮތުން، ޔޫއޭއީގެ ސަފީރުކަމަށް ހުށަހަޅުއްވާފައިވަނީ ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް އެވެ. އަދި ޤަތަރުގެ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ކުރީގެ ލޯކަލް ގަވަރމަންޓް މިނިސްޓަރު آދަމް ޝަރީފް ޢުމަރު އެވެ. މި ދެ ބޭފުޅުންނަކީވެސް މިހާރުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި މުހިންމު ދައުރެއް ކުރިން އަދާކުރައްވާފައިވާ ބޭފުޅުންނެވެ.

މި ދެ ބޭފުޅުން ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވީ، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވި އިދާރީ ބަދަލުތަކަށް މަގުފަހިކޮށްދެއްވުމުގެ ގޮތުންނެވެ. ވަޒީރުކަމުން ވަކިވެވަޑައިގަތުމަށްފަހު، މިހާތަނަށް ދެ ބޭފުޅުންވެސް ތިއްބެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައެވެ.

ސަފީރުކަމަށް މި ދެ ބޭފުޅުން އައްޔަންކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާއެކު، ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ކަމާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީން މި ދެ ބޭފުޅުންގެ ނަންތައް ދިރާސާކޮށް ނިންމުމުން، ސަފީރުކަމަށް އައްޔަންކުރުމާމެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނެއެވެ.

ސަރުކާރުން މި ބަދަލު ގެނައީ ބޭރުގެ ޤައުމުތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ތަޖުރިބާކާރު ބޭފުޅުން ޚާރިޖީ ދާއިރާއަށް ނެރުއްވުމުގެ މަޤޞަދުގައެވެ. މި އައްޔަންކުރުންތަކާއެކު މެދުއިރުމަތީގެ މި ދެ ޤައުމާއެކު އޮންނަ ސިޔާސީ އަދި އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: