ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްއަށް ކުރެވޭ ތުހުމަތުތައް ފޮރުވަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، ހައްޔަރުކުރި އެންމެން ދޫކޮށްލާ: ރައީސް ނަޝީދު

ފޮޓޯ: އޭއައި
ޝެއާރކޮށްލާ ކަހަލަދޯ؟

”އަދަދު“ ނޫހުން އާންމުކުރި ”އައިޝާ“ ޑޮކިއުމަންޓަރީއާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން، ރޭ މާލޭގައި ކުރި އިހުތިޖާޖުން ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްވެއުޅުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތައް ފޮރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އަޑުއުފުލާ މީހުން ހައްޔަރުކޮށް، އެމީހުންގެ އަޑު ކަނޑުވާލަން މަސައްކަތް ކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލަ ފެށިފައިވަނީ މިދިޔަ މާރޗް މަހުގެ 28 ވަނަ ދުވަހު ”އަދަދު“ ނޫހުން ތައްޔާރުކުރި ”އައިޝާ“ ޑޮކިއުމަންޓަރީގައި ރައީސް މުއިއްޒުގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ފުލުހުން ވަނީ އެ ނޫހުގެ އޮފީހަށް ވަދެ، ދައުލަތުން އެ ނޫހުގެ އެޑިޓަރުންގެ މައްޗަށް ދައުވާކޮށް، ދެ ނޫސްވެރިން ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، އެ މައްސަލައިގެ ވާހަކަ ނުދެއްކުމަށް ކޯޓުން ވަނީ ހުރިހާ ރައްޔިތުންނަށް ”ގޭގް އޯޑަރެއް“ ނެރެފައެވެ.

ރޭ މާލޭގައި ބޭއްވި މުޒާހަރާއަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ތާއީދުކޮށް، ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ ބޭއްވި އެއްވުމެކެވެ. މި އެއްވުމުގެ ތެރެއިން ވެސް ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ. ރައީސް ނަޝީދު ވަނީ ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެހައި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރި ނަމަވެސް، ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: