ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށް އަވަސް ހައްލެއް ބޭނުންވޭ: ފައިސަލް

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް ދުވަހެއް ދުވަަހަކަށް އިތުރުވަމުންދާ ކަމަށާއި މިކަން މަދުކުރުމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ރޭގައި ސިނަމާލެ ބްރިޖު މަތީގައި ސައިކަލެއް ކަހާލައިގެން ޕިކަޕެއް ދަށުވެ މީހަކު ނިޔާވެގެން ދިޔުމަކީ މަގު މަތީގެ ރައްކާަތެރި ކަމަށް އިތުރު ސަމާލުކަން ދޭން ޖެހޭ ކަމުގެ ނިޝާނެއް ކަމަށެވެ. މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކީ އެތައް އެކްސިޑެންޓު ތަކެއްވާ ދުވަހެއް ކަމަށާއި އެތައް ބަޔަކު އެކްސިޑެންޓު ތަކުގެ ސަބަބުން ވަކިވެގެން ގޮސްފައިވާ ކަން ފައިސަލް ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ ގިނަ ބަޔަކަށް ބޮޑެތި އަނިޔާ ތަކެއް ދަނީ ލިބެމުން ކަމަށާއި އެމަނިކުފާނުގެ އެދުމަކީ، ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއް ގުޅިގެން، މަގު މަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް އެންމެންގެ ސަމާލުކަން ގެނައުމަށް ހުއްޓުމެއް ނެތި ހަރުދަނާ މަސައްކަތް ތަކެއް ކުރުން ކަމަށެވެ.

މިއީ ދެތިން ދުވަހުން ހައްލު ވާނެ ކަމެއް ނޫން ކަމަށާއި މިކަން ހައްލު ކުރުމުގައި، މިކަމާ ގުޅުން ހުރި ޓްރެފިކްގެ އެހެން މައްސަލަ ތަކަަށް ވެސް ސަމާލުކަން ދިނުން މުހިންމު ކަމަށް ފައިސަލް ވިދާޅުވިއެވެ. މިގޮތުން ޕަބްލިކް ޓްރާންސްޕޯޓް އަކީ ބޭނުން ކުރަން ފަސޭހަ ޚިދުމަތަކަށް ހެދުމާ އެކު، މާލޭ ސަރަހައްދުގައި ވެހިކަލް ކެރީން ކެޕޭސިޓީއެއް ކަނޑަ އަޅުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

މިއީ ހުރިހާ ރައްޔިތުންނާ ގުޅުންހުރި ކަމެއްކަމަށާއި އެހެންކަމުން އެންމެންގެ ސަމާލުކަން މިކަމަށް ހުއްޓެން ޖެހޭ ކަމަށް ފައިސަލް އިލްތިމާޒް ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: