ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ރެއަކު މުޒާހަރާވެސް ކުރަނީ ތިން ރައީސުން ގުޅިގެން: ފަލާހު

ޕީ.އެން.ސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުތަކުގައި ކޮންމެ ރެއަކު މުޒާހަރާ ކުރަނީ ތިން ރައީސުން ގުޅިގެން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ފަލާހު ވިދާޅުވީ ތިން ރައީސަކު ސައްލާ ކުރަން އުޅޭ ވާހަކަ އަޑު އިވޭ ކަމަށެވެ. މިހާރުވެސް ތިން ރައީސުން ގުޅިގެން މަސައްކަތް ކުރާ ކަމަށާއި ”ކޮންމެ ރެއަކު 20 މީހުން ލައިގެން އޮންނަ މުޒާހަރާ“ ބާއްވަނީވެސް ތިން ރައީސުން ގުޅިގެން ކަމަށް ފަލާހު ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަށް ހެޔޮ މޮ ތޮން ރައީސުން ކުރިއަށް އޮތް ދޮޅު އަހަރު އެއް ކޮޓަރީގައި ނިދިޔަސް. މައްސަލައެއް ނެތް“

ކުރީގެ ރައީސުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ފަލާހު ވިދާޅުވީ އެ ބޭފުޅުން އުޅޭނީ ވަރަށް ހުތުރުކޮށް ކަމަށެވެ. ފަލާހު ވިދާޅުވީ ނަޝީދު ވެރިކަމުން އިސްތިއުފާދެއްވީ ކޯޓެއްގެ ފަނޑިޔާރަކު ވަގަށް ނަގައިގެން ކަމަށެވެ.

މީގެއިތުރުން ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައިވެސް މިހާރު ދައްކަނީ ”އައިޝާ“ ގެ ވާހަކަ ކަމަށާއި އެކަން އެންމެބޮޑަށް ދައްކަވަނީ ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް ކަމަށެވެ. ފަލާހު ވަނީ މެމްބަރަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: