ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ބަދަހި ޢާއިލާތަކަކުން: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކޮށް، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގެ އަސާސަކީ ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާކުރުން ކަމަށް ވިދާޅުވަމުން، ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި އެންމެހާ ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ޚާއްޞަ މެސެޖެއްގައި ވިދާޅުވީ، ކޮންމެ ޢާއިލާއެއްގެވެސް އަސްލު ފެށުމަކީ މައިންބަފައިން ކަމަށެވެ. އެގޮތުން، މާތްﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު، މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއްދީ ސަމާލުކަން ދޭންޖެހޭނެ ކަމަށް ދީނުގައި އަމުރުވެވިގެންވަނީ މަންމައާއި ބައްޕައަށް ހެޔޮކޮށްހިތުމަށާއި އެބޭފުޅުންނަށް ކިޔަމަންގަތުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މާތްވެގެންވާ އިސްލާމްދީނުގައި ޢާއިލާގެ މަޤާމަށާއި، ޢާއިލީ ގުޅުންތަކަށް ދީފައިވާ މަތިވެރި ޤަދަރާއި އަހައްމިއްޔަތުގެ ބޮޑުކަން ހަމައެކަނި މި މުހިންމު އަމުރުފުޅުންވެސް ނުހަނު ރަނގަޅަށް ހާމާވެގެންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޢާއިލާގެ ތެރެއިން އުފައްދައިދޭ ލޭގެ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ފުޅާދާއިރާއެއްގައި އަލިއަޅުއްވައިލައްވާފައިވެއެވެ. އެމަނިކުފާނު ވިދާޅުވީ، ޢާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ނުވަތަ ނެތިގެންދާނެ ގުޅުމެއް ނޫން ކަމަށެވެ. އަދި ޤައުމެއްގެ ކުރިއެރުމާއި، އިޖްތިމާޢީ ދުޅަހެޔޮކަމާއި، އަމާންކަން ދެމެހެއްޓުމަށްޓަކައި އެންމެ ފުރަތަމަ މަސައްކަތްތަކެއް ފަށަންޖެހެނީވެސް ޢާއިލާގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. ގޭތެރޭގެ މާޙައުލަކީ ލޯތްބާއި އަޅާލުން ފުރިގެންވާ ތަނަކަށް ހެދިގެން މެނުވީ، ހަރުދަނާ ޖީލެއް ބިނާނުކުރެވޭނެކަން ރައީސްގެ ވާހަކަފުޅުން ދޭހަވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވައިލެއްވީ، ދިވެހި ކޮންމެ ރައްޔިތަކަށްމެ ޢާއިލީ ލޯތްބާއި، އޯގާތެރިކަމާއި އަދި އަޅާލުމާއެކު ބާއްޖަވެރި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ދިވެހި ހުރިހާ ޢާއިލާތަކަކީވެސް ދީނީ އަދި އިޖްތިމާޢީ ރީތި އާދަތަކުގެ މަތީގައި ސާބިތުވެތިބޭ ބަދަހި ޢާއިލާތަކެއްގެ ގޮތުގައި ލެއްވުމަށް އެދިވަޑައިގެން މާތްﷲގެ ހަޟްރަތުގައި ރައީސް ވަނީ ދުޢާ ދަންނަވާފައެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޢާއިލާތަކުގެ ދުވަހާ ދިމާކޮށް ރައީސް މިފަދަ މެސެޖެއް ދެއްވާފައިވާއިރު، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ސަރުކާރުންވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: