ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނާ ހިލާފުނުވާހާ ހިނދަކު ރައީސާ ސުވާލުކޮށްގެން ފިޔަވަޅެއް ނާޅާނެ: މުންދު

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިސް ތަރުޖަމާން މުންދު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ އިމުން ބޭރުވެގެން ނޫންގޮތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ސުވާލުކޮށްގެން ނުވަތަ ސަރުކާރަށް ފާޑުކިޔައިގެން އެއްވެސް މީހަކާ މެދު ފިޔަވަޅު ނާޅާނެކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ކޯޓު އަމުރާއި ހިލާފުވި މައްސަލައިގައި ”އަދަދު“ ނޫހުގެ ދެ ނޫސްވެރިއަކަށް ވަނީ 10 ދުވަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުންކަމަށް ބުނެ، އެކަމާއި ދެކޮޅަށް އިހުޖިޖާޖުތައް ވެސް ދަނީ ކުރަމުންނެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން މުންދު ވިދާޅުވީ، މީޑިއާތަކުން ކުރާ ސުވާލުތަކުގެ ސަބަބުން ނުވަތަ ފާޅުކުރާ ހިޔާލަކުން ގާނޫނާ ހިލާފު ނުވާނަމަ، އެއްވެސް މުއައްސަސާއަކުން އެކަމާ ގުޅިގެން ފިޔަވަޅު ނާޅާނެ ކަމަށެވެ. މުންދު ވިދާޅުވީ ރާއްޖޭގައި އޮތީ ތިން ބާރުވަކިވެފައިވާ ނިޒާމެއްކަމަށާއި، ޝަރުއީ ދައިރާއަށް މި ސަރުކާރުން ނުފޫޒު ފޯރުވައި އެއްވެސް ހުރަހެއް ނާޅާނެކަމަށެވެ. އަދި ކޯޓުތަކުން ނެރޭ އަމުރުތަކަށް ރައީސް މުއިއްޒު ފުރިހަމައަށް އިހުތިރާމު ކުރައްވާނެކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ، ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރާ މީހަކަށް ވެސް، އޭނާގެ ފަންނުގައި ކުރިއަށް ދިއުމުގެ ހައްގާއި އިހުތިޔާރު އޮންނާނެ ކަމަށެވެ. ނަމަވެސް ގާނޫނާ ހިލާފު ކަމެއް ކުރުމުން ދެން، ވަކި ފަންނަކަށް ނުވަތަ ދާއިރާއަކަށް ނިސްބަތްވާތީ އެކަމުން އިސްތިސްނާ ނުވާނެކަމަށް ވިދާޅުވިއެވެ.

ނޫސްވެރިޔާއަށް ފިޔަވަޅު އަޅަން ޖެހުނު ސަބަބާއި ގުޅޭގޮތުން މުންދު ވިދާޅުވީ، އެއް ނޫސްވެރިއަކަށް ހުކުމް ކުރީ އޭނާ ކޯޓު އަމުރާ ހިލާފުވެފައ ވާތީ އެކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް އަންގައިގެން ކަމަށެވެ. އަދި އަނެއް ނޫސްވެރިޔާ ހާޒިރު ކުރީ، ކޯޓުން ހާޒިރުކޮށްގެންކަމަސެވެ. އެހެންކަމުން މި ދެ މައްސަލައިގައި ވެސް ނޫސްވެރިންނަށް ފިޔަވަޅު އެޅީ ސަރުކާރުން އަންގައިގެންކަމަށް ބުނެވެން ނެތްކަމަށް މުންދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: