ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ރައީސުންގެ ވެރިކަމުގެ ހިނގި ވައްކަންތައް މިހާރު ”އޯކޭ“ ވެއްޖެ: އަބްދުއްރަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ރައީސުންގެ ވެރިކަމުގެ ހިނގި ވައްކަމުގެ ކަންކަން މިހާރު ތިން ރައީސުންނަށްވެސް ”އޯކޭ“ ކަމަށް މަޖިޅީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމަވާ ބައްދަލު ކުރެއްވުމާއި ގުޅިގެން އަބްދުއްރަހީމް ވަނީ އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

އެ ޕޯސްޓުގައި އަބްދުއްރަހީމް ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުމާއި، ދިރާގާ ފެންކުންފުނީގެ ޙިއްޞާ ވިއްކާލުމާއި، ސްޕްރީމްކޯޓްގެ ތަޅު އެޅުވުމާއި ޢަބުދުاللہ ގާޒީ ހައްޔަރުކުރުން، އެމްއެމްޕީއާރުސީގެ ބޮޑުޚިޔާނާތް، ސިޔާސީ ލީޑަރުން ހައްޔަރުކުރުން، ކަނޑު ވިއްކާލުން ވެންޓިލޭޓަރުގެ ވައްކަން އަދި އެމްޑީއެންގެ ރިޕޯޓް މވެސް މިހާރު ރައީސުންނަށް ”އޯކޭ“ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެއީ އަމިއްލަ އެދުމަށް ކުރައްވާ ކަމެއް ކަމަށެވެ. ދާދި ފަހުން ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ވެސް އަބްދުއްރަހީމް ވަނީ މިކަމަށް ވާހަކަފުޅު ދައްކަވާފައެވެ.

ރާއްޖޭގައި މަލްޓި-ޕާޓީ ނިޒާމު ތައާރަފްވީ ފަހުން ވެރިކަން ކުރި ހަމައެކަނި ޕާޓީއަކީ ޕީއެންސީ ނޫންކަން ފާހަގަކުރައްވައި، ކުރީގެ ތިން ރައީސުން ސިޔާސީ މަޝްވަރާތަކަށް އެއްގަލަކަށް އަރާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް އަބްދުއްރަހީމް މަރުހަބާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ މަޝްވަރާތަކަކީ ގައުމަށް ދިމާވެފައިވާ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކެއް ނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.

ނަމަވެސް، އެ މަޝްވަރާތަކުގައި ދައުލަތުގެ މުދަލާއި ގައުމީ ވަސީލަތްތައް ވިއްކާލުމާ ގުޅޭގޮތުން ވާހަކަދެކެވޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ. މިގޮތުން އެމް.ޑަބްލިއު.އެސް.ސީ އާއި ދިރާގު ފަދަ ކުންފުނިތަކުގެ ހިއްސާ ވިއްކާލި މައްސަލަ އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލެވުނު ހާލަތްތަކާ ގުޅޭގޮތުން ވެސް އެ ބޭފުޅުން މަޝްވަރާ ކުރައްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އެ ބޭފުޅުންގެ މެދުގައި ހަގީގީ އިތުބާރެއް އޮތް ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: