ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ނޫސް ކޮންފަރެންސްގަ ވެސް ނޫސްވެރިން ސުވާލު ކުރަންޖެހުނީ ތިން ރައީސުން އެދޭ ގޮތަށް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރުއިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ފަލާހު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރުމުގެ ނަމުގައި ބޭއްވި ޕަރެސްގައި ނޫސްވެރިން ސުވާލު ކުރަންޖެހުނީ ތިން ރައީސުން އެދޭ ގޮތަށް ކަމަށެވެ. އެހެން ގޮތަކަށް ސުވާލު ކުރާނަމަ ހުއްޓުވި ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ނޫސްވެރިޔާ ރިލްވާނާއި ޔާމީންގެ ވާހަކަ ދެއްކުން ގޯސްކަމަށާއި އަދި މި މަރުތަކުގެ ތަހުގީގު ރައީސް ޞާލިޙް ނުކުރި ވާހަކަ ބުނީމަވެސް ގޯސްވި ކަމަށެވެ.
”އަބުދުﷲ ގާޒީ ހައްޔަރު ކުރި ވާހަކަ ދެއްކުން ގޯސް. ދެން މި މީހުނަށް ހޯދައި ދެވޭނީ ކޮން މިނިވަންކަމެއްތޯ؟ އެއްބަސްވި ލިޔުމުގައި، ޝަރުޢީ ދާއިރާއާއި މަޖިލީހުގެ މިނިވަންކަމާއި،، އިގްތިސާދީ ޙާލަތު ރަނގަޅު ކުރުމާއި، ކޮރަޕްޝަން ނައްތާލުމުގެ ވާހަކަ އޮތީމާ އަންނަނީ ހިނި. އަންނިވަނީ ގާޒީއެއް ވަގަށް ނަގައިގެން ޖަލަށްލާފައި، ކޯޓުތަކުގައި ތަޅު އެޅުވި. ކޯޓުތައް އަންދާލި. ރަހުމަތްތެރިންނަށް ފަޅުރަށްތައް ބަހާލި. އެމްއެންބީސީންގެ ވައްކަމާއި ސާކް ސަމިޓްގެ ވައްކަން އެހުރީ ފެންނަން. ޔާމީންވަނީ ކޯޓުގެ ޓިނު ނަގާ ގާޒީންނަށް ބިރު ދައްކާފައި. ހ.ދަވާލިއަށް ބަލާލީމާ ދައުލަތުން ވަގަށްނެގި ފައިސާގެ ކުޑަކުޑަ މިންވަރެއް ފެންނާނެ“
ފަލާހު ވިދާޅުވީ ބާރަ މެންބަރުން ވަކިކޮށް މަޖިލިސް ހިސޯރުކުރި ކަމަށާއި ނޫސްވެރިން ގެ އަނގަމަތީ ޓޭޕް އެޅި ކަމަށެވެ. އަދި ޔާމީންގެ ބޭބޭފުޅު ހިމެނޭ ގޮތުން އެތައް ބަޔަކު ނުހައްގުން ޖަލަށްލާ އަނިޔާކރި ކަމަށެވެ.
ޞާހިޅް ޖެއްސީ ގައުމު ދަރަނި ދަންތުރައެއްގައި ކަަމށާއި 60 ބިލިޔަން ރުފިޔާއިން ދަރުވާލި ކަމަށެވެ. އަދި ނޭވާ ހޮޅިން ވައްކަން ކުރި ކަމަށާއި ބަދަލުގެ ގޮތުގައި 2 ބިލިޔަން ރުފިޔާގެ ވައްކަން ހިންގި ކަމަށް ފަލާހު ވަނީ ތުހުމަތު ކުރައްވާފައެވެ.
މީގެއިތުރަށްވެސް ފަލާހު ވަނީ ވަރަށް ގިނަ ކަންކަމުގެ ވާހަކަ ފާހަގަ ކުރައްވާފައެވެ. އެގޮތުން ތިން ބޭފުޅުންގެ ވެރިކަމުގައި ހިނގި މައްސަލަތައް އެހާ ގިނަ އިރު ރައްޔިތުންނަށް ހެޔޮ އެދިދާނެތޯ މެމްބަރު ވަނީ ސުވާލު އުފައްދަވާފައެވެ.

