ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ރައީސުންގެ މެދުގައި އުފެދުނު މައްސަލައަށްވުރެ ރައީސް މުއިއްޒު ރައްޔިތުންނަށް ކުރާ އުނދަގޫ މާބޮޑު: ރައީސް ޔާމީން

ފޮޓޯ: ސަންގު / އޭއައި ޖެނެރޭޓަޑް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ރައީސުންގެ މެދުގައި އުފެދުނު މައްސަލައަށްވުރެ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ކުރާ ދުއްޕާނާއި ތުރާ މާބޮޑުކަމަށް ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމިއިރު މިތިން ރައީސުންނަކީ އެކަކު އަނެކަކު ހައްޔަރުކޮށްފައިވާ ބައެއް ކަމުގައި މިސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވިމާއި ގުޅިގެން ދެއްވި ރައްދުދެއްވައެވެ.

ރައީސް ޔާމީން ވިދާޅުވީ، އާއްމު ފަރުދުންގެ ދިރިއުޅުމުގެ ޙާލަތަށް ބަލާލީމައިވެސް ތިން ރައީސުންގެ މެދުގައި އުފެދުނު މައްސަލައަށްވުރެ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ކުރާ ދުއްޕާނާއި ތުރާ މާބޮޑުކަމަށެވެ.

ރައްޔިތުންގެ ދިރިއުޅުމަށް ބަލާލީމައި މިކަން ވަރަށް ސާފުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

  ތިން ރައީސުންގެ ތެރޭގައި އުފެދުނު މައްސަލައަށްވުރެ ރައްޔިތުންނަށް މިހާރުގެ ވެރިކަމުގައި މިހިރަމީހާ ހުރެގެން ކުރާ އުނދަގުލާއި، ދުއްޕާނާއި ތުރަލާއި މިހުރިހާކަމެއް މާބޮޑު

ރައީސް އޮފީހުގެ ތަރުޖަމާނު މުންދުވަނީ ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމެވިކަން އިޢުލާނުކުރެއްވުމާއި ގުޅިގެން މި ތިން ރައީސުންނަކީ މީގެ ކުރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކު ހައްޔަރުކުރައްވާފައިވާ ބޭފުޅުން ކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ ރައީސަކީ ވެސް އަނެއް ރައީސެއްގެ ”މެއިން ރައިވަލް“ ނުވަތަ އެންމެ ބޮޑު ވާދަވެރިޔާގެ ގޮތުގައި މީގެ ކުރިން ސިފަކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވާ ރައީސް ޔާމީން ވިދާޅުވީ، މިއީ ހަޤީގަތެއް ނޫންކަމަށެވެ. އަދި އެއްޗެއް ވިދާޅުވާއިރު ކަމުގެ ހަޤީގަތް ހޯދާ އަލުން ރީސާރޗް ކުރުމަށް ރައީސް ޔާމީންވަނީ މުންދުއަށް ގޮވާލައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ، ތިން ރައީސުން އެއް ބޭފުޅަކު އަނެއް ބޭފުޅަކު ހައްޔަރުކުރި ނަމަވެސް، ތިން ރައީސުންގެ ވެސް ޙިޔާލު ތަފާތުވުންތައް އެއް ފަރާތްކުރީ ޤައުމުގެ ޚައްގުގައިކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށް ލުމުން އެކަމާއި ހިތްހަމަ ނުޖެހޭކަމަށެވެ. އެހެންނަމަވެސް ޤައުމަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ޙައްލުކުރުމަށްޓަކައި ރައީސް ސޯލިހުއާއި އެއްގަލަކަށް އަރަން ނިންމި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ހައްޔަރު ކުރުމުގައި އޭރުގެ ރައްޔިތުންގެ މަޖިލީހުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުވެސް ޝާމިލުވާކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދުއާއި ރައީސް ސޯލިހު ކުރެން އެއްވެސް ބޭފުޅަކު އެމަނިކުފާނުގެ ވެރިކަމުގައި ޖަލަށްލާފައި ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިކަން މުންދުއަށް ވަރަށް ރަނގަޅަށް އިގިވަޑައިގަންނަވާނެކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންވަނީ ރައްޔިތުންނާއި ވާހަކަ ދައްކަވާއިރު އޭގެ ތެދު ހަޤީގަތް ސާފުކޮށް އޮޅުން ފިއްލެވުމަށްފަހު އޭގެ ތެދު މަޢުލޫމާތު ހިއްސާކުރެއްވުމަށް މުންދުއަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާފައެވެ. މިގޮތުން ތާރީހުތަކާއި ހިސާބުތައް ރަނގަޅަށް ބެއްލެވުމަށްފަހު މަޢުލޫމާތު ހިއްސާކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: