ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓަލީ ޑައިވަރުން ހޯދަން ފީނި ސިފައިންގެ މީހަކު ނިޔާވެއްޖެ

ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އަތޮޅު އަލިމަތާ ކައިރިން ގެއްލިގެން ހޯދަމުންދާ އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ކޯސްޓްގާޑު އޮފިސަރަކު، ހާލުދެރަވެގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި، މަހުދީ ނިޔާވީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރެއިން މިއަދު ޑައިވް ކުރަނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ނިޔާވި މަހުދީއަކީ މި އޮޕަރޭޝަންގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި އޮފިސަރެކެވެ. އެގޮތުން، އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ މެންދުރުފަހު އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، މަހުދީ ވަނީ ރައީސަށް ބްރީފިން އެރުވުމުގައިވެސް ބައިވެރިވެފައެވެ.

އެ ވަގުތުވެސް މަހުދީ ހުރީ ޑައިވް ކުރުމަށް ތައްޔާރުވެގެންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ”އެމްވީ ޑޫކް އޮފް ޔޯކް“ ނަމަކަށް ކިޔާ ސަފާރީއަކުން ޑައިވިނަށް ދިޔަ އިޓަލީގެ ފަސް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެކަކު ނިޔާވެފައި އޮއްވައި ވަނީ ފެނިފަ އެވެ. އަދި އަނެއް ހަތަރު މީހުން އަދިވެސް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފެނުނު މީހާގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު ނުވަތަ 197 ފޫޓު އަޑީގެ އެ މީހުން ފީނިިކަމަށް ބުނާ ކޭވްގެ ތެރެއިންނެވެ.

ރާއްޖޭގައި ޑައިވް ކުރުމުގެ ގަވާއިދުތައް ބުނާގޮތުން އެންމެ ފުނަށް ފީނޭނީ 30 މީޓަރަށެވެ. ނަމަވެސް މި ޑައިވަރުން އެއަށްވުރެ މާ ފުނަށް ފީނި ސަބަބެއް ސާފެއް ނޫނެވެ.

މި ހާދިސާއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ސަފާރީގެ އޮޕަރޭޓިން ލައިސަންސް ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: