ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ވަނީ ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލައި، މައި ސަރުކާރަށް ބާރު ޖަމާކުރަން ފަށާފައި: ޞާލިޙު

ޝެއާރކޮށްލާ ކަހަލަދޯ؟

އުންސިލްތަކުގެ އާ ދައުރުގެ ވެރިން މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މޭޔަރުންނަށާއި، ރައީސުންނަށާއި، ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ފޮނުއްވި މަރުޙަބާގެ މެސެޖުގައި ރައީސް ޞާލިޙު ވަނީ ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ހިންގުމުގައި ކައުންސިލްތަކުގެ ދައުރު ނުހަނު ބޮޑުކަން ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރައްވަން ތިއްބެވީ ކައުންސިލްތަކުގެ މެންބަރުންކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ކައުންސިލްތަކުގެ ކުރިމަތީގައި މިވަގުތު ހުރި ހުރަސްތަކާއި ގޮންޖެހުންތައް ގިނަކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙު ވަނީ ސަރުކާރަށް ވަރުގަދަ ތުހުމަތުތަކެއް ކުރައްވާފައެވެ.

”މިހާރުގެ ސަރުކާރުން ވަނީ ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލައި، މައި ސަރުކާރަށް ބާރުތައް ޖަމާކުރުމުގެ މަސައްކަތް ފަށާފައި“ 

މިއީ ލާމަރުކަޒީ ނިޒާމު ފަހަތަށް ޖެއްސުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ.

ރައީސް ޞާލިޙުގެ މެސެޖު ނިންމަވާލައްވަމުން، މިފަދަ ހުރަސްތަކާއި ގޮންޖެހުންތަކާ އެކުވެސް ހިތްވަރާއެކު ސާބިތުވެ ތިއްބަވައިގެން ކުރިއަށް ވަޑައިގަތުމަށް ހުރިހާ ކައުންސިލަރުންނަށް ގޮވާލެއްވިއެވެ. އަދި މާތް اللّٰهގެ ރަޙުމަތާއެކު ކައުންސިލްތަކުގެ އައު ވެރިންނަށް ކާމިޔާބީ ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ލާމަރުކަޒީ ނިޒާމުގެ ބާރުތަކާ މެދު ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި އޮތް ބަހުސް އަނެއްކާވެސް ހޫނޫވެފައިވާ ދުވަސްވަރެއްކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: