ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިކޮށްފައިވާ ބާރުތައް އުވާލައި، ކައުންސިލްތަކަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭ: ފައިސަލް ނަސީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ހަނިކޮށްފައިވާ ބާރުތައް އުވައިލައި ކައުންސިލްތަކަށް ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސިޓީތަކުގެ މޭޔަރުންނަށާއި، ރަށްރަށުގެ ކައުންސިލް ރައީސުންނަށާއި، ކައުންސިލް މެންބަރުންގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީތަކުގެ ރައީސުންނާއި މެންބަރުން މިއަދު މަޤާމުގެ އިޤުރާރުގައި ސޮއިކުރައްވަމުންދާތީ ފައިޞަލް ވަނީ އެ ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.

އެމަނިކުފާނުގެ މެސެޖުގައި ލާމަރުކަޒީ ނިޒާމުގެ އަސްލު މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ”ކައުންސިލްތައް ވުޖޫދުވެގެން އައީ ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދިނުމަށްޓަކައި“ ކަމަށެވެ. ނަމަވެސް، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް އިޝާރާތްކުރައްވައި ފައިޞަލް ނަސީމް ވަނީ، މި ސަރުކާރުން ޤާނޫނުއަސާސީން ހަނިކޮށްފައިވާ ބާރުތައް އުވާލުމަށް ގޮވާލައްވާފައެވެ.

ފައިޞަލް ނަސީމް އިތުރަށް އިލްތިމާސްކުރެއްވީ، ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތް ކުރުމުގެ ބޭނުމުގައި، ކައުންސިލްތަކަށް ފަހި ފުރުސަތުތަކެއް ސަރުކާރުން ހޯދައިދިނުމަށެވެ. މި ބަޔާނަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލައި މައި ސަރުކާރަށް ބާރުތައް ޖަމާކުރާ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓާ ދިމާކޮށް ނިކުތް ބަޔާނެކެވެ.

އިދިކޮޅު އެމްޑީޕީގެ އިސް ލީޑަރުންގެ ފަރާތުން މިފަދަ ގޮވާލުންތަކެއް އަންނަމުންދަނީ، ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ މާލީ އަދި އިދާރީ ބާރުތަކަށް މިހާރުގެ ސަރުކާރުން ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ ކަންބޮޑުވުން ފާޅުވަމުންދާ ދަނޑިވަޅެއްގައެވެ. ކައުންސިލްތަކުގެ އައު ދައުރު މިއަދު ރަސްމީކޮށް ފެށިގެންދާއިރު، މި ނިޒާމުގެ ބާރުވެރިކަމާ މެދު އުފެދިފައިވާ ސިޔާސީ ބަހުސް މިވަނީ އިތުރަށް ހޫނުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: