ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ އައު ޑެޕިއުޓީ މޭޔަރަކީ މެދުހެންވޭރު ދާއިރާގެ މީކާއީލް

male city council
male city council
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ރަސްމީކޮށް މަސައްކަތް ފެށި ފަސްވަނަ މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުކަމުގެ މަޤާމަށް، މެދުހެންވޭރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު މީކާއީލް މުޙައްމަދު ރިޔާޒް އިންތިޚާބުވެއްޖެއެވެ. މީކާއީލް މި މަޤާމަށް ހޮވިފައިވަނީ މިއަދު މެންދުރުފަހު ބޭއްވި އައު ކައުންސިލުގެ ފުރަތަމަ ޖަލްސާގައެވެ.

މި ޖަލްސާގައި ޑެޕިއުޓީ މޭޔަރުކަމުގެ މަޤާމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ، މީކާއީލް ވަނީ ވޯޓަކާ ނުލައި އެ މަޤާމަށް ހޮވިފައެވެ. މިއީ މިއަދު މަސައްކަތް ފެށި އައު ކައުންސިލުން ނިންމި އެންމެ މުހިންމު އެއް ނިންމުމެވެ.

މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ތެރޭގައި މި މަޤާމަށް ބޮޑު ވާދަވެރިކަމެއް އުފެދުނެވެ. އެގޮތުން ޕާޓީގެ އެތެރޭގެ ވޯޓަށް ހަތަރު ބޭފުޅަކު ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އޭގެ ތެރޭގައި މީކާއީލްގެ އިތުރުން ހިމެނެނީ މާފަންނު ހުޅަނގު ދާއިރާގެ މުޙައްމަދު ރިޟްވާން ޢަލީ (ރިލޭ)، މާފަންނު މެދު ދާއިރާގެ ޢާއިޝަތު ޙަނާ، އަދި ހުޅުމާލޭ އުތުރު ދާއިރާގެ ފާޠިމަތު ޒަހިއްޔާއެވެ.

އެމްޑީޕީ ކައުންސިލަރުންގެ މެދުގައި ބޭއްވި އެތެރޭގެ ވޯޓުގައި މީކާއީލަށް ހަތް ވޯޓު ލިބިވަޑައިގަތްއިރު، އެންމެ ގާތުން ވާދަކުރެއްވި ޒާޔާއަށް ލިބުނީ ފަސް ވޯޓެވެ. ރިލޭ އަދި ޙަނާ، މިއިން ކޮންމެ ބޭފުޅަކަށް ލިބިވަޑައިގަތީ ދެ ވޯޓެވެ. ޕާޓީގެ އެތެރޭގެ ކާމިޔާބީއަށްފަހު، ކައުންސިލްގެ ރަސްމީ ޖަލްސާއަށް މީކާއީލްގެ ނަން ހުށަހެޅުމުން އިދިކޮޅު ޕީއެންސީގެ ފަރާތުން އެއްވެސް ބޭފުޅަކު ވާދަކުރައްވާފައެއް ނުވެއެވެ.

މިފަހަރުގެ މާލޭ ސިޓީ ކައުންސިލުގައި މޭޔަރުގެ އިތުރުން ޖުމުލަ 18 ކައުންސިލަރުން ތިއްބަވާއިރު، އޭގެ ތެރެއިން 16 ކައުންސިލަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ. އަދި ޕީއެންސީ ތަމްސީލުކުރައްވަނީ އެންމެ ދެ ކައުންސިލަރުންނެވެ.

އެމްޑީޕީއަށް ކައުންސިލްގެ ބޮޑު އަޣްލަބިއްޔަތެއް އޮތުމާއެކު، ކުރިއަށް އޮތް ތަނުގައި މާލޭގެ ހިންގުމުގެ ކަންކަމުގައި އެމްޑީޕީގެ ސިޔާސަތުތައް ބާރަށް ހިނގާނެ ކަމަށް ބެލެވެއެވެ. މިއީ މާލޭގެ ތަރައްޤީއާއި ހިންގުމަށް އަންނާނެ މުހިންމު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: