ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދ. މީދޫގައި އެފްއެސްއެމްއިން ފިއުލް ސްޓޭޝަނެއް ގާއިމްކޮށްފި!

ދ. މީދޫގައި އެފްއެސްއެމްއިން ފިއުލް ސްޓޭޝަނެއް ގާއިމްކޮށްފި!
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ރާއްޖެއަށް ފަސޭހަކަމާއެކު ތެލުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) އިން ދ. މީދޫގައި ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

މިއީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް މި ޚިދުމަތް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެފްއެސްއެމްއިން ވަނީ ބުނެފައެވެ.

އެފްއެސްއެމްއިން ބުނެފައިވަނީ މުޅި ރާއްޖޭގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުގެ ދަށުން، ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ފިއުލް ސްޓޭޝަން ގާއިމުކުރުމުގެ އަމާޒުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 18 ފިއުލް ސްޓޭޝަނެއް ތަރައްގީކުރާނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ހަތް ފިއުލް ސްޓޭޝަނެއްގެ މަސައްކަތް ނިމި، އެ ރަށްތަކުގައި މިހާރު ދަނީ ޚިދުމަތް ދެމުންނެވެ.

އެފްއެސްއެމްއިން މިހާތަނަށް ފިއުލް ސްޓޭޝަނެއްގެ މަސައްކަތް ނިންމި ރަށްތައް:

  • ހއ. އިހަވަންދޫ
  • ހދ. ހަނިމާދޫ
  • ށ. މިލަންދޫ
  • ރ. ދުވާފަރު
  • ބ. އޭދަފުށި
  • ފ. ނިލަންދޫ
  • ⁠ދ. މީދޫ

މާލޭގެ ތިން ސަރަހައްދެއްގައި އެފްއެސްއެމުން ތިން ޝެޑެއް ހިންގައެވެ. އަދި ރާއްޖޭގެ ބައެއްރަށްރަށްގައި ވެސް ޕެޓްރޯލާއި ޑީސަލް ވިއްކުމަށް ފިއުލް ޝެޑްތައް ވަނީ ހުޅުވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: